އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މި އަތޮޅު ހޮޅުދޫއަަށް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކުގައި ހޮޅުދޫއަށް ސުޕަނެޓްގެ ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަަރު ރަނގަަޅު އިންޓަނެޓްގެ ހިދުމަތް މުހިންމެވެ. އެހެންކަމުން ރާއްޖޭގެ މުޅި އާބާާދީއަަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
100mbps aai hama ah haluvi speedaa eku enme agu heyo internet, SuperNet N. Holhudhoo ah! Bodethi data allowance aai eku furihama package thakeh!
Khidhumaiy hoadhaalumah Ooredoo partner shop akah ziyaaraiy kuravvaa.
Online koh apply kollumah: https://t.co/ZMKAXOTeLW pic.twitter.com/b72WDgiWVL
— Ooredoo Maldives (@OoredooMaldives) March 16, 2022
"މިދިޔަަ އަހަރެކޭ އެއްފަަަދަައިންް މި އަަހަރު ވެސް ގިނަަަ ރަަށްތަަކަަަކަަށް މި ހިދުމަަތް ފޯރުކޮށްދިނުމަށް ރޭވިފައިވޭ. މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަނެޓްގެ ހިދުމަތް ނ. ހޮޅުދޫއަށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަައި،" ނިޔާޒު ވިދާޅުވި އެވެ.
އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ގެނައި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު %100އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި އިންޓަނެޓް ސްޕީޑް ލިބެ އެވެ. އަދި ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލްއޯވާގެ ހިދުމަތާ އެކު، މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އިތުރުވާ ގޮތަށް އެއްކޮށްލެވެ އެވެ.
އުރީދޫ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު، އެ ކުންފުނީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.