ވެލިދޫގެ އޮޑިއެހަލާ ސަރަހައްދުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން އިއްޔެ އެރަށަށް ވެހިކަލް އަރުވައިފި އެވެ.
އެމްޓީސީސީގެ މުވައްޒަފުން އިއްޔެ ވަނީ ވެލިދޫ ކައުންސިލާ ބައްދަލުކޮށް މި މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން އެކްސްކަވޭޓަރާއި އެހެން ވެސް ބައެއް ވެހިކަލް އެ ރަށަށް ގެންގޮސްފައިވެ އެވެ.
ވެލިދޫގެ އިރު އުތުރު ސަރަހައްދުން އިންޖީނުގެ ފުރަގަހުގައި ތަރައްގީ ކުރާ އޮޑިއެހެލާ ސަރަހައްދުގެ ސާވޭ އެއް އެމްޓީސީސީ ޓީމުން މީގެ ކުރިން ވަނީ ކޮށްފަ އެވެ.
އޮޑިއެހެލާ ސަރަހައްދުގެ މަޝްރޫއު ކުރުކޮށް:
- އިރުއުތުރު ފަރާތުގައި ރަސްމީ ޖެޓީއާ ޖެހިގެން އޮންނަ ސަރަަހައްދެއް
- ދެ ހެކްޓަރުގެ ބިން ހިއްކާ ރިވެޓްމަންޓް ޖަހާނެ
- މަޝްރޫއަށް 18 މިލިއަން ރުފިޔާ ހޭދަވާނެ
- އޮޑިހަރު ތަކާއި ގުދަންތައް އެ ސަރަހައްދަށް ބަދަލުކުރާނެ
- ޒަމާނީ ސިލްޕްވޭއެއް ހެދުމަށް ވަނީ ނިންމާފައި
މި މަޝްރޫއު ހިންގާ އިރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލިދޫގައި ހިއްކާފައިވާ 14 ހެކްޓަރުގެ ބިން ލެވަލް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.