Close

އަތޮޅު ފިހާރައިން ނޫނު ކައުންސިލަށް 7 ލައްކަ ރުފިޔާގެ އާމްދަނީއެއް

ބާޒާރުމަތީގައި ހުންނަ އަތޮޅު ފިހާރައެއް: އެ ފިހާރަތަކުން ލިބޭ ކުލި ކައުންސިލްތަކަށް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް -- ސަން ފޮޓޯ | ފަޔާޒު މޫސާ

މި އަތޮޅުގެ އަތޮޅު ފިހާރައިން މިދިޔަ ދެ އަހަރެއްގެ ތެރޭގައި ލިބިފައިވާ 700،000 އަށް ވުރެ ގިނަ ރުފިޔާ ފިނޭންސް މިނިސްޓްރީން މި އަތޮޅުގެ ކައުންސިލަށް ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން "ނޫނު ޑެއިލީ"އާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މާލޭގައި ހުންނަ މި އަތޮޅުގެ އަތޮޅު ފިހާރައިން 2016 އަދި 2017 ގައި އަތޮޅު ކައުންސިލަށް ވަނީ 766،825ރ. އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ފިނޭންސުން ވަނީ އެ ފައިސާ އަތޮޅު ކައުންސިލަށް ޖަމާކޮށް ދީފަ އެވެ.

އެ ފައިސާ އަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ނުދީ އޮތުމަށް ފަހު މި ސަރުކާރުން އަތޮޅު ކައުންސިލްތަކަށް އެ ފައިސާ ދިނުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ދޫކުރި ފައިސާއެއް ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

ފިނޭންސުން ވަނީ އަތޮޅު ފިހާރަތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީން ކައުންސިލްތަކަށް ޖުމްލަ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. އެއީ:

  • 2016 - 17.9 މިލިއަން ރުފިޔާ
  • 2017 - 20.5 މިލިއަން ރުފިޔާ

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top