ނޫނު އަތޮޅު މަދަރުސާ އެއާކޮންޑިޝަން ކުރުމަށް މަނަދޫ ކައުންސިލުން 100،000ރ. ދީފި އެވެ.
މަނަދޫ ކައުންސިލުން ބުނީ އަތޮޅު މަދަރުސާ އަށް ފައިސާގެ އެހީދިނީ އޭސީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ކައުންސިލުން އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ފައިސާ އިން ނ. އަތޮޅު މަދަރުސާގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.
މަނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ގާތްގަނޑަކަށް 400 ދަރިވަރުން އަންނަނީ ތައުލީމީ ހާސިލުކުރަމުންނެވެ. މި ސްކޫލްގައި އިތުރު ތިންބުރީގެ އިމާރާތެއް ކުރުމަށް ސަރުކާރުން ބަޖެޓްގައި ވަނީ ޖަހާފަ އެވެ.