Close

ފިއުޗާ ފައުންޑޭޝަންގެ އަންހެނުންގެ ރައީސް އަކަށް އަރޫޝާ، ނައިބަކަށް ސަރީ

ވެލިދޫ ފިއުޗަ ފައުންޑޭޝަން (ވީއެފްއެފްގެ) އަންހެނުންގެ ރައީސް ކަމަށް އާމިނަތު އަރޫޝާ އަދި ނައިބު ރައީސް ކަމަށް ސަރީފާ ހަސަން ހޮވައިފި އެވެ.

އެޖަމިއްޔާގެ އަންހެނުންގެ ރައީސް އަކަށް ހޮވާފައިވާ އަރޫޝާ އަކީ ތައުލީމީ ދާއިރާއާ ކުޅިވަރުގެ ދާއިރާގެ އިތުރުން އިޖްތިމާއީ އެކި ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އަދި ނައިބު ރައީސްގެ މަގާމަށް ހޮވާފައިވާ ސަރީފާ ހަސަން އަކީ ވެލިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް އެވެ. އަދި އޭނާ އަކީ ވެލިދޫގެ ސިޔާސީ ކަންކަމާ އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. 

ވީއެފްއެފް އިން ނޫނު ޑެއިލީއަށް ބުނީ އަންހެނުންގެ ރައީސް އަކާއި ނައިބު ރައީސްއެއް ހޮވީ އެޖަމިއްޔާގެ ތެރެއިން އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ ގުޅުންހުރި ތަފާތު އެކި ހަރަކާތްތައް ހިންގުމުގައި އަންހެނުންގެ ހިޔާލާއި މަޝްވަރާ ފުރިހަމަ އަށް ހިމެނުމުގެ ބޭނުމުގައި ކަމަށެވެ. އެޖަމިއްޔާ އިން ވަނީ ޒުވާނުންގެ ރައީސްގެ އިތުރުން ނައިބަކު ހޮވާނެ ކަމަށް ވެސް އިއުލާންކޮށްފަ އެވެ.

ވީއެފްއެފް އުފެއްދީ 19 އެޕްރީލް 2011ގަ އެވެ. އޭރު އެ ޖަމްއިއްޔާއިން ވަނީ ވެލިދޫގައި އިޖުތިމާއީ ހަރަކާތްތައް ހިންގައިފަ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ 2017 ވަނަ އަހަރުން ފެށިގެން ޖަމްއިއްޔާ ނުހިނގާ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު އެ ޖަމިއްޔާގެ އާ ހިންގާ ކޮމެޓީ އެކުލަވާލާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top