Close

ނޫނުގައި ހަލުއި ފެރީގެ ދަތުރުތައް ފެށޭނޭ ތާރީހެއް އަދި ނެތް

ސަރުކާރުން އަތޮޅުތަކުގައި ފަށާ ހަލުއި ފެރީ ނިޒާމުގައި ބޭނުން ކުރާ ފެރީ އުޅަނދުތައް ޓެސްޓު ކުރަނީ: ދެވަނަ ފިޔަވަހީގައި އެ ހިދުމަތް ފަށާ ރަށްތަކުގެ ތެރޭ މި އަތޮޅުގެ ރަށްތައް ހިމެނޭ -- ފޮޓޯ | އެމްޓީސީސީ

މި ސަރުކާރުން އަތޮޅުތަކުގައި ގާއިމް ކުރާ ހަލުއި ފެރީގެ ހިދުމަތް މި އަތޮޅުގައި  ފެށޭނޭ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް ޓުރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ޓުރާސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރެއްވީ މި އަތޮޅު ހިމެނޭ ޒޯން-2ގައި ހަލުއި ފެރީގެ ނިޒާމު ގާއިމް ކުރެވޭނީ ކޮން އިރަކުތޯ އެވެ.

މެންބަރު ހާރޫން ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަނީ: އޭނާގެ ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ބަޖެޓުން ހައްލު ލިބޭނޭ ކަމަށް ވިދާޅުވި -- ފޮޓޯ | ރައްޔިތުންގެ މަޖިލީސް

އެ ސުވާލާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ މި އަތޮޅުގައި ހަލުއި ފެރީގެ ނިޒާމު ފެށުމަށް ހަމަޖެހިފައި ވަނީ ފޭސް ދޭއްގައި އެ ހިދުމަތް ދޭ އަތޮޅުތަކުގެ ތެރޭގައި ކަމަށެވެ. އަދި މެންބަރު ބޭނުންފުޅު ނަމަ ފެރީގެ ހިދުމަތް ތައާރަފް ކުރަން ރާވާފައިވާ ގޮތުގެ ޝެޑިއުލް ދެއްވާނޭ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ

"ސީދާ ވަކި ތާރީހެއް އަދި އެހެން ދެންނެވެން ނެތް. ޔަގީންނަށް ވެސް ދެވަނަ ފޭސްގައި އެ ހިދުމަތް ތައާރަފް ކުރާނެ އަތޮޅެއް ނޫނު އަތޮޅަކީ،" ޓުރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ

މިނިސްޓަރު ނަހުލާ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ | ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓުގައި ވެސް މި އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ހަލުއި ފެރީ ނިޒާމަށް ބޭނުންވާނޭ ގިމަތަތައް ހެދުމަށް ވެސް ފައިސާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ

ހަލުއި ފެރީގެ ނިޒާމުގެ މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހިދުމަތް ދިނުމުގައި ބޭނުން ކުރާ ހަލުއި ފެރީތައް ބަނދެ މިހާރު ވަނީ ޓެސްޓުކުރަން ފަށައިފަ އެވެ

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top