Close

ވެލިދޫގެ 2 ވަނަ އައުޓްޑޯ ޖިމް ހުޅުވައިފި

ވެލިދޫ އައުޓްޑޯ ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއީ ވެލިދޫގައި ހުޅުވި ދެވަނަ އައުޓްޑޯ ޖިމް

ވެލިދޫގައި ސަރުކާރުން ގާއިމުކުރި ދެވަނަ އައުޓްޑޯ ޖިމް މިއަދު ހަވީރު ހުޅުވައިފި އެވެ. 

ވެލިދޫ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ މި ޖިމް މިއަދު ހުޅުވައިދެއްވީ ޔޫތް އެސޯސިއޭޓް އަހުމަދު އަންވަރު އާއި ކައުންސިލް މެމްބަރު ހާފިޒާ އިބްރާހިމް އެވެ. 

ވެލިދޫ އައުޓްޑޯ ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއީ ވެލިދޫގައި ހުޅުވި ދެވަނަ އައުޓްޑޯ ޖިމް

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ ދުޅަހެޔޮ ސިއްހަތުގައި ރައްޔިތުން ތިބުން މުހިއްމު ކަމަށެވެ. އަދި އެ ޖިމަކީ އެކަމަށް މަގުފަހިކޮށް ދޭނެ ކަމެއް ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

މި ޖިމްއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމުކޮށްފައިވާ ޖިމް އެކެވެ. މީގެ ކުރިން ކައުންސިލް ހަރަދުގައި ވެސް ވެލިދޫގައި ވަނީ އައުޓްޑޯ ޖިމްއެއް ގާއިމުކޮށްފަ އެވެ.

ފޮޓޯއިން -

ވެލިދޫ އައުޓްޑޯ ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއީ ވެލިދޫގައި ހުޅުވި ދެވަނަ އައުޓްޑޯ ޖިމް
ވެލިދޫ އައުޓްޑޯ ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއީ ވެލިދޫގައި ހުޅުވި ދެވަނަ އައުޓްޑޯ ޖިމް

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top