Close

ނޫނުގެ ތިން ރަށެއްގެ ކުނި މެނޭޖް ކުރަން "ސޮނޭވާ ނަމޫނާ"ގެ އެހީ

ޅޮހީގެ ގޮނޑުދޮށް ސާފުކުރަން ހިންގި ހަރަކާތުގެ ތެރެއިން

މިއަތޮޅު ތިން ރަށެއްގެ ކުނި މެނޭޖް ކުރުމަށް ރާއްޖޭގެ އަގުބޮޑު ރިސޯޓް ބުރޭންޑް، ސޮނޭވާ ގުރޫޕުގެ ސީއެސްއާރު ޕްރޮގުރާމް "ސޮނޭވާ ނަމޫނާ"އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މި އަތޮޅު ޅޮހީ، ކުޑަފަރީ އަދި މަގޫދޫގެ ކުނިމެނޭޖް ކުރުމަށެވެ. އެގޮތުން މި ރަށްރަށުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކުރަން ދަސްކޮށްދިނުމުގެ އިތުރުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ދަޅު ފިއްތާ މެޝިން ފަދަ އާލަތްތައް ވެސް ސޮނޭވާގެ މި ޕްރޮގްރާމްގެ އެހީގައި އަންނަނީ ފޯރުކޮށްދެމުންނެވެ.

ސޮނޭވާ ނަމޫނާގެ އެހީގައި ކުނި ކޮމްޕެކްޓު ކުރަން އަންނަނީ އެހީވަމުން

ރަށު ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން މިދިޔަ ހަފްތާގައި ވަނީ ޅޮހީ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ. ސޮނެވާ ނަމޫނާ ޕްރޮގްރާމް އަކީ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް ތިމާވެއްޓަށް ރައްކާތެރި ނިޒާމެއް ގާއިމް ކުރުމާއި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާވަރު މަދުކުރުމާ އެކު ތިމާވެއްޓަށް ލޯބި ޖެއްސުމަށް ހިންގާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިޔަށް ގެންގޮސްފައި ވަނީ "ސޮނެވާ ނަމޫނާ ބ" ގެ ނަމުގައި ސޮނޭވާ އާއި ޖަމުއިއްޔާއެއް ކަމަށްވާ ކޮމަން ސީސް ގުޅިގެންނެވެ. އެގޮތުން ބ. އަތޮޅުގެ ބައެއް ރަށްރަށު ކައުންސިލާ ގުޅިގެން މިހާރު ވެސް އަންނަނީ ރައްކާތެރިކަމާ އެކު ކުނިމެނޭޖްކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top