Close

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ހުޅުވައި ނޫނު އަތޮޅު ތާރީހުގެ ތެރެއަށް

ސިޔާމް ވޯލްޑުގައި ހަދާފައިވާ ވޮޓާ ތީމް ޕާކް: މި ރިސޯޓަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ކޮޓަރި ގިނަ ރިސޯޓް - ފޮޓޯ | ސިޔާމް ވޯލްޑް

މި އަތޮޅު ދިގުރަށުގައި ތަރައްގީކޮށްފައިވާ ރާއްޖޭގައއި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ އެނދު ގިނަ ރިސޯޓް، ސަން ސިޔާމް ވޯލްޑް ރިސޯޓް ހުޅުވައި ގެސްޓުންނަށް ހިދުމަތް ދޭން ފަށައިފި އެވެ.

އެ ރިސޯޓް ހުޅުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކި ފަންތީގެ 490 ކޮޓަރި ހިމެނޭ އެ ރިސޯޓަށް އެ ދުވަހު އެކަނިވެސް 90 އެއްހާ ގެސްޓުން އައިސްފައިވާކަން އެ ރިސޯޓުން ހާމަކޮށްފައިވެ އެވެ.

އެ ރިސޯޓުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ދޮޅުހާހެއްހާ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ. އަދި އެ ރިސޯޓަށް މުވައްޒަފުން ނަގަން "ސަން ތަރި"ގެ ނަމުގައި ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 19 ޒުވާނަކު ވަނީ ދަސްވެނިފަ އެވެ.

ސިޔާމް ވޯލްޑުގައި ހަދާފައިވާ ސްޕާ

ދެހާސް ފަނަރަވަނަ އަހަރުގެ ތެރޭގައި ހަދަން ފެށި އެ ރިސޯޓުގެ މަސައްކަތްތައް ނިންމާލާފައި ހުންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ރިސޯޓް ހުޅުވުން ލަސްވެގެން ދިޔައީ އެވެ.

ސިޔާމް ވޯލްޑް ކުރުކޮށް:

  • ބޮޑުމިން 54 ހެކްޓަރު
  • 2،500 އެއްހާ ވަޒީފާގެ ފުރުސަތު
  • 21 ބާވަތެއްގެ ކޮޓަރި/ވިލާ
  • 30 މިނިޓް: ވީއައިއޭ އިން މާފަރު އެއާޕޯޓަށް
  • 10 މިނިޓް: މާފަރު އެއާޕޯޓުން ރިސޯޓަށް ލޯންޗުގައި
  • 'ސިޔާމް'ގެ ލޯގޯ ސިފަކޮށްދޭ ބޮޑު ވޯޓާ ޕާކެއް
  • ބަޓްލަރުންނަށް ކިޔާ ނަމަކީ "ކަތީބު"
  • އެކި ސަރަހައްދުތަކަށް ނަން ދީފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ނަމުން
  • ވޯޓާ ވިލާތަކަށް ދާން އޮންނަ ބްރިޖުތަކަށް ދޯފައި ވަނީ ދުނިޔޭގެ މަޝްހޫރު ބްރިޖްތަކުގެ ނަން. އެއީ ގޯލްޑަން ގޭޓް ބްރިޖު، ސިޑްނީ ހާބާ ބްރިޖު

އެ ރިސޯޓް ތަރައްގީ ކުރީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިގެންނެވެ.  މިއީ ސަން ސިޔާމް ގުރޫޕުން ހުޅުވާ ފަސް ވަނަ ރިސޯޓެވެ. އެ ކުންފުނިން މިހާރުވެސް މި އަތޮޅުގައި އިރުފުށި ރިސޯޓް އޮޕަރޭޓް ކުރެ އެވެ.

ސިޔާމް ވޯލްޑުގެ ރެސްޓޯރަންޓު

ދިގު ރަށް ރިސޯޓް ހެދުމަށް އެންމެ ފުރަތަމަ ދޫކުރީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަތޮޅުގައި ހަތް ރިސޯޓާއި ފަސް ގެސްޓްހައުސް އެބަ ހުއްޓެވެ. އެއީ 12 ޓޫރިސްޓު ފެސިލިޓީއެއްގައި ޖުމްލަ، 1458 އެނދެވެ. މި އަތޮޅުގެ ހުރިހާ ރިސޯޓެއް މިހާރު އަންނަނީ ހުޅުވައި ހިދުމަތް ދެމުންނެވެ.

ސިޔާމް ވޯލްޑުގެ ރީތި މަންޒަރުތައް: 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top