Close

ވެލިދޫ ސާފުކުރުމަށް "ނަލަ ވެލިދޫ" ކެމްޕޭން ފަށައިފި

ވެލިދޫ ސާފުކުރުމަށް އިއްޔެ ބޭއްވި ހަރަކާތުގެ ތެރެއިން --

ވެލިދުއަކީ ސާފު ރަށެއްގެ ގޮތުގައި ބޭއްުވުމަށް ދިގު ދެމިގެންދާނެ ގޮތަށް ރަށް ސާފު ކުރުމުގެ ކެމްޕޭނެއް އެ ރަށު ކައުންސިލުން އިސްނަގައިގެން ފަށައިފި އެވެ.

"ނަލަ ވެލިދޫ"ގެ ނަމުގައި ކުރިއަށް ގެންދާ އެ ކެމްޕޭނުގެ ދަށުން ފުރަތަމަ ހަރަކާތް އިއްޔެ މެންދުރުފަހު ވަނީ އެ ރަށުގައި ބާއްވައިފަ އެވެ. އެގޮތުން އެ ރަށުގެ ގޮނޑުދޮށާއި އާންމު ސަރަހައްދުތައް ވަނީ ސާފުކޮށްފަ އެވެ. އެކަމުގައި ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.

އެ ކެމްޕޭން ފެށުމާ ގުޅިގެން ވެލިދޫ ރައީސް އާތިފް ހުސެއިން ވިދާޅުވީ ރަށް ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ އިސްކަމެއް ދޭނޭ ކަމަށެވެ. އެގޮތުން ރަށު ރައްޔިތުންނާއި ކަމާ ގުޅުން ހުރި މާހިރުންގެ ލަފަޔާ އެކު ރަށް ސާފުކުރުމުގެ ޕްރޮގުރާމުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިދޫ ސާފުކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި ފަރާތްތައް -- ފޮޓޯ | ވެލިދޫ ކައުންސިލް

"މިގޮތުން އަޅުގަނޑުމެން ވާނީ ކްލަބްހައުސްގައި ކަމުގެ މާހިރުންނާއި އެކު ނ. ވެލިދޫގައި ވޭސްޓް މެނޭޖް ކުރެވޭނެ ގޮތަކާއި ބެހޭގޮތުން ސެޝަން ތަކެއް ހިންގާފަ،" އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިއްޔެގެ ހަރަކާތުން އެކަނިވެސް 7.5 ޓަނުގެ ކުނި ވަނީ ނަގައިފަ އެވެ.

މި ހަރަކާތުގައި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާތީ ވެލިދޫ ކައުންސިލުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

ކުނީގެ މައްސަލައަކީ ވެލިދޫއަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top