Close

ސިޔާމް ވޯލްޑު ރިސޯޓުން ގިނަ ވަޒީފާތަކަށް އިއުލާންކޮށްފި

ސަން ސިޔާމް ވޯލްޑް --

މި އަތޮޅު ދިގުރަށުގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވެފައިވާ ސަން ސިޔާމް ވޯލްޑް ރިސޯޓުން ގިނަ ވަޒީފާތަކަކަށް ދިވެހިން ހޯދަން އިއުލާންކޮށްފި އެވެ.

ކޮވިޑަށް ފަހު އެ ރިސޯޓް ހުޅުވުން އެކި ތާރީހުތަކަށް ލަސްކުރުމަށް ފަހު މިހާރު އެ ރިސޯޓު ހުޅުވަން މަސައްކަތް ކުރަނީ މިއަހަރުގެ އޮކްޓޯބަރު މަހު ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު އެ ރިސޯޓުން މިދިޔަ ހަފްތާ އިއުލާންކޮށްފައި ވަނީ އެކައުންޓިން އެންޑް ފައިނޭންސް ޑިޕާޓްމަންޓުގެ ވަޒީފާތަކާއި ގެސްޓް ރިލޭޝަންސް އާއި ފްރޮންޓް އޮފީސް ވަޒީފާތައް އަދި ދިވެހި ވަޑިންނާއި ޕެއިންޓަރުން އަދި ވަޑިންގެ އެހީތެރިން ހޯދުމަށެވެ. އެގޮތުން މި ދާއިރާތަކުން 30އާ ގާތްކުރާ ވަޒީފާގެ ފުރުސަތު ވަނީ އިއުލާންކޮށްފަ އެވެ.

Sun Siyam World
ސަން ސިޔާމް ވޯލްޑް: މި ރިސޯޓް ތަރައްގީކޮށްފައި ވަނީމި އަތޮޅު ދިގުރަށުގައި

އެ ވަޒީފާތަކަށް އިއުލާންކުރަމުން "ސަން ސިޔާމް ވޯލްޑް" ރިސޯޓުން ކުރި އިއުލާނުގައި ބުނީ ހުނަރުވެރި ދިވެހިންނަށް އިސްކަން ދޭނޭ ކަމަށާއި މަޖާ އުފާވެރި މާހައުލެއްގައި ދިވެހި ޒުވާނުންގެ ހުނަރު ކުރިއަރުވަން ލިބޭ މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ވަޒީފާތަކުގެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރަށް ދެން ހިމެނެނީ ވަޒީފާއަށް ޝައުގުވެރިކަން ހުރުމާއި އެކުވެރި މަޖާ މިޒާޖެއްގެ މީހަކަށް ވުމާއި ދާއިރާގެ ތަޖުރިބާ އާއި ތަމްރީން ހުރުމާއި އަމިއްލަ އިސްނެގުމާއި އާ ވިސްނުން ހުރުމެވެ.

އެ ވަޒީފާތަކަށް ކުރިމަތިލާއިރު ވަނަވަރާއި އެކު 60 ސިކުންތަށް ވުރެ ދިގު ނޫން ޕްރޮޕައިލް ވީޑިއޯއެއް ފޮނުވުމަށް ވެސް އެ ރިސޯޓުން ވަނީ އެދިފަ އެވެ. ވަޒީފާތަކަށް ކުރިމަތިލާން ވަނަވަރު އީމެއިލް ކުރަން ޖެހެނީ؛ [email protected] އަށެވެ. އަދި މައުލޫމާތު ސާފުކުރަން ގުޅަން ޖެހެނީ 6567777 އަށެވެ.

ބޮޑު މިނުގައި 57 ހެކްޓަރު ހުންނަ "ސަން ސިޔާމް ވޯލްޑް" އަކީ 600 ކޮޓަރި އާއި 12 ރެސްޓޯރަންޓުގެ ރިސޯޓެކެވެ. އެ ރިސޯޓުން 2،500 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނޭ ކަމަށްވެ އެވެ. މިހާރުވެސް އެ ރިސޯޓްގައި މި އަތޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް މި އަތޮޅުގައި ހުޅުވަނީ

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top