Close

ވެލިދޫން ގޯތި ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރަން ފަަށައިފި

ވެލިދޫން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓެއް

މިލަދުންމަޑުލު ދެކުނުބުރީ ނ. ވެލިދޫން ގޯތި ބޭނުންވާ ފަރާތްތަކަށް މިއަދު ފޯމު ދޫކުރަން ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ ކައުންޓަރުން ފޯމު ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ވެލިދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވެސް ފޯމު ޑައުންލޯޑްކުރެވޭނެ ނިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި ފޯމުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ގޮސް 28 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

ވެލިދޫން މިބުރު ދޫކުރުމަށް ނިންމާފައި ވަނީ 1600 އަކަފޫޓްގެ 72 ގޯއްޗެެވެ. ވެލިދޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެބުރުގައި 100 ގޯތި ދޫކޮށްފައިވެ އެވެ. ވެލިދޫ ކައުންސިލުން މިބުރު ވެސް ވަނީ 100 ގޯއްޗަށް އެދި ހުށަހަޅާފަ އެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން ހުއްދަ ދީފައި ވަނީ 72 ގޯތި ދޫކުރުމަށެވެ. މިބުރު ވެލިދޫ ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހިއްކި ސަރަހައްދު ވެސް ހިމެނޭ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top