Close

މާފަރާއި ފޮއްދޫ ފެނާއި ނަރުދަމާ، ހެނބަދޫ ފެނުގެ ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީގެ ސައިޓް އޮފީސް ގާއިމު ކުރަނީ

މާފަރާއި ފޮއްދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށާއި ހެނބަދޫ ފެނުގެ ހިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން މި ތިން ރަށުގައި އެމްޑަބްލިއުއެސްސީގެ ސައިޓް އޮފީސް ގާއިމު ކުރަން އެ ކުންފުނިން އިއުލާން ކޮށްފި އެވެ.

މި ތިން ރަށުގައި ސައިޓް އޮފީސް ހެދުމަށް ދެ ކޮޓަރީގެ އެޕާޓްމަންޓް ހޯދުމަށް އިއުލާން ކުރީ މި މަހު އެވެ. މާފަރާއި ފޮއްދޫ ފެނާއި ނަރުދާމާ، ހެނބަދޫ ފެނުގެ ހިދުމަތް ދިނުމަށް ޕްލޭނިންގ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދު ތެރޭގަ އެވެ.

މަފާރު ފެނާއި ނަރުދަމާގެ ނިޒާމަށް ބަޖެޓްކޮށްފައި ވަނީ 94 މިލިޔަން ރުފިޔާ އެވެ. އަދި ފޮއްދޫގެ ފެނާ ނަރުދަމާ އަށް ބަޖެޓްގައި ކޮށްފައި ވަނީ 58.1 މިލިޔަން ރުފިޔާ އެވެ. ހެނބަދޫ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބަޖެޓްކޮށްފައި ވަނީ 41.3 މިލިޔަން ރުފިޔާ އެވެ.  ޕްލޭނިންގ މިނިސްޓްރީން ފެނާއި ނަރުދާމާ ނިންމުމަށް އެމްޑަބްލިއުއެސްސީއަށް އަށް ދީފައި ވަނީ 18 މަސް ދުވަހެވެ. ފެނުގެ ނިޒާމު ނިންމުމަށް ދީފައި ވަނީ 15 މަސް ދުވަހެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top