Close

ނޫނު އަތޮޅުގެ ވެށި ހިމާޔަތް ކުރާނެ ޒުވާނުން ތަމްރީން ކުރަން ޕްރޮގްރާމެއް ފަށައިފި

Econet Programme

އިކޮނެޓް ޕްރޮގްރާމްގެ ބައިވެރިން: މި ޕްރޮގްރާމްގައި ވެށި ހިމާޔަތް ކުރާނެ ގޮތް ކިޔައިދީ ހޭޅުންތެރި ކުރާނެ

އައިލެންޑް ކޮންސަވޭޝަން ޕްރެޖެކްޓް (އައިސީޕީ)ގެ ފަރާތުން ޒުވާނުންނަށް ކުރިއަށް ގެންދާ ހާއްސަ ތަމްރީނު ޕޮރޮގްރާމެއް ކަމުގައިވާ "އިކޯ ނަޓް" މި އަތޮޅުގައި ފަށައިފި އެވެ.

އެ ޕްރޮގްރާމް މި އަތޮޅުގައި ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ޅޮހީގަ އެވެ.

މި ޕްރޮގްރާމުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ކަމުގައިވާ އެންވަޔަރަންމަންޓް ޕޮރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އެންވަޔަރަންމަންޓު މިނިސްޓްރީގެ ފަންނީ ބޭފުޅުން އަދި އެކި ދާއިރާތަކުން މާހިރުން މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޝަންތައް ނަންގަވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Eco Nut Programme
އިކޮނަޓް ޕްރޮގްރާމްގެ ބައިވެރިން: މި ޕްރޮގްރާމްގައި ވެށި ހިމާޔަތް ކުރާނެ ގޮތް ކިޔައިދީ ހޭޅުންތެރި ކުރާނެ

މިގޮތުން އީޕީއޭފެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު އާއި އެސިސްޓަންޓް ޑިރެކްޓަރު އާއިޝަތު ފަރާ އަލީ، އެންވަޔަރަންމަންޓު މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އަބްދުއްރަހީމް މުހައްމަދު އަދި ވިލިޖޯލި ޖަމިއްޔާގެ ފަރާތުން ޝިހާބް މުހައްމަދު، އަދި އެންޑެވާ ޖަމިއްޔާގެ ފަރާތުން ޑރ. މިޒްނާ މުހައްމަދު ފަދަ ބޭފުޅުން ތިމާވެއްޓާ ގުޅުން ހުރި އެކި މައުލޫތަކަށް އިލްމީ އަދި ފަންނީ މައުލޫމާތު ސެޝަންތަކެއް ބައިވެރިންނަށް ނަގައިދިނުމަށް ހަމަޖެހިފައިވެ އެވެ.

އައިލެންޑް ކޮންސަވޭޝަން ޕްރެޖެކްޓުގެ ޑިރެކްޓަރު މުހައްމަދު ހޫދު ވިދާޅުވި ގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ 15 އަހަރާ 21 އަހަރުގެ ޒުވާނުންނަށް ހާއްސަކޮށްގެން ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ކޮންސަވޭޝަން ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގެ ވެށި އަދި ގުދުރަތީ ވަސީލަތްތައް ދިގު މުއްދަތަކަށް ރައްކާކޮށް ބެލެހެއްޓުމަށް ޒުވާނުން އަހުލުވެރިކޮށް ތަމްރީނުކުރުމަށާއި ތިމާވެށި ހިމާޔަތްކުރާނެ އައު ޒުވާން ޖީލެއް ބިނާ ކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދަނީ އެމެރިކަން އެމްބަސީ އާއި އެމެރިކަން ސެންޓާގެ އެހީތެރިކަމާއެކު އެވެ.

މީގެ އިތުރުން ޕްރޮގްރާމުގެ ހިންގުމަށް ނ. ޅޮހީ ސްކޫލް، އަތޮޅު ކައުންސިލް އަދި ސީޑަ ޖައްމިއްޔާގެ ފަރާތުން އެހީތެރިކަން ދެމުން އަންކަން އަންނަކަން އައިލެންޑް ކޮންސަވޭޝަން ޕްރެޖެކްޓުގެ ފަރާތުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top