Close

ގެވަޅު ކޮމެޓީން މިރޭ ވެލިދޫ ރައްޔިތުންނާ ބައްދަލު ކުރަނީ

ވެލިދޫން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓެއް

ނ. ވެލިދޫ ގެވަޅު ދޫކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލު ކުރުމަށް ނިންމައިފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ ނަހުޒާ ޕްރީ ސްކޫލްގައި މިރޭ 21:00 ގައި އެވެ. ގެވަޅު ދިނުމަށް އެކުލަވާލާފައިވާ ކޮމެޓީން މިހާރު ވަނީ އުސޫލެއް އެކުލަވާލައި އާންމުކޮށް، ލިއުމުން ޝަކުވާ ހުޅުވުމަށް ފުރުސަތު ހުޅުވާލާފަ އެވެ. ނަމަވެސް މިހާރު އެ މުއްދަތުވަނީ ހަމަވެފަ އެވެ. ވެލިދޫ ކައުންސިލުން ހައުސިންގ މިނިސްޓްރީގައި އެދިފައި ވަނީ 100 ގޯޗަށް އެދި އެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން ހުއްދަ ދީފައި ވަނީ 72 ގޯޗަށެވެ.

ވެލިދޫ ކައުންސިލުން ބުނީ މިފަހަރު ގެވަޅު ކޮމެޓީ މިނިވަން ކޮމެޓީއެއްގެ ގޮތުގައި އެކުލަވާލުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ވެލިދޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެބުރުގައި 100 ގޯތި ދޫކޮށްފައިވެ އެވެ. ނަމަވެސް އެބުރު އެކުލަވާލި ގެވަޅު ކޮމެޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދާ ތަފާތު މައްސަލަތައް ދިމާވެ، ގެވަޅުދިނުން ދިގުލައިގެން ގޮސްފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top