Close

އެޕަލް ފެރީން ހަފްތާއަކު ދެ ދުވަހު އުނގޫފާރަށް ދަތުރުކުރަނީ

ނޫނު އަތޮޅުން ރ. އަތޮޅު އުނގޫފާރަށް ހަފްތާ އަކު ދެ ދުވަހު ދަތުރުތައް ރާވާފައިވާ ކަމަށް އެޕްލް އެކްސްޕްރެސް އިން މިއަދު ބުނެފި އެެވެ.

ނޫނު ޑެއީލީ އާ ވާހަކަ ދައްކަމުން އެޕަލް އެކްސްޕްރެސް އިން ބުނީ ނޫނު އަތޮޅު މާފަރާއި ފޮއްދޫ ފިޔަވާ ހުރިހާ ރަށަކުން މީހުން ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ދަތުރުތައް ކުރުމަށް ނިންމާފައި ވަނީ އަންގާރަ އަދި ހޮނިހިރު ދުވަހު އެވެ. ހެނދުނު 8:00 އަށް އުނގޫފާރަށް ދެވޭއިރު އަނބުރާ އައުމަށް ހަމަޖައްސާފައި ވަނީ ހަވީރު 4:00 ގަ އެވެ. ދަތުރުގެ އަގުތަކަށް ބަލާއިރު އެއްކޮޅު ޓިކެޓް އުޅެނީ 310ރ. އަށެވެ. ދެކޮޅު ޓިކެޓް އުޅެނީ 370ރ. އަށެވެ.

އުނގޫފާރަކީ މި ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށެވެ. މި ސަބަބާހުރެ ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ އަށް އުނގޫފާރަށް އަންނަނީ ދަތުރު ކުރަމުންްނެވެ. އެ ފެރީން އަންނަނީ ކޮންމެ ބުދަ ދުވަހަކު ކުޅުދުއްފުއްޓަށް ވެސް ދަތުރެއް ކުރަމުންނެވެ. މިދަތުުރުގައި އަތޮޅުން ދަތުރުވެރިން ތިބި ހުރިހާ ރަށަކުން މީހުން ނަގާނެ ކަމަށް ވެސް އެޕަލް އެކްސް ޕްރެސްއިން މައުލޫމާތުދެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top