Close

ރަންބިން: ކުޑަކުދިންގެބައިން ޗެމްޕިއަން ރަހަތަފާތާއި ތޭރަވާ

ސީޑުން އިންތިޒާމުކޮށްގެން ބޭއްވި ރަންބިން ފިއެސްޓާގެ ކުޑަކުދިންގެ ބައިގެ ޗެމްޕިއަންކަން ޓީމް ރަހަތަފާތު އަދި ޖޫނިއަބައިގެ ޗެމްޕިއަންކަން ތޭރަވާ ހޯދައިފި އެވެ.

ޅޮހީ ފުޓްސަލް ދަނޑުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މި ފައިނަލް މެޗުގެ ޗެމްޕިއަންކަން ޓީމް ރަހަތަފާތުން ނެގީ ޓީމް ކަފުރާ އާ ބައްދަލުކޮށް، 4-3 ލަނޑުންނެވެ. އަދި ޖޫނިއަބައިގެ ޗެމްޕިއަންކަން ތޭރަވާ ނެގީ ވައްލައާ ބައްދަލުކޮށް، 7-2 ލަނޑުން މޮޅުވެގެންނެވެ.

ސީޑުން ބުނީ އަންނަ އަަހަރު ކުޑަކުދިންގެ ބައިން ވެސް މޮޅުވާ ޓީމަށް މިލްކްވާ ތަށި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓޮފްސްކޯރާ އާއި އިތުރު މަގާމުތައް ހޮޮވާނެ ކަމަށް ސީޑުން މައުލޫމާތުދެ އެވެ. މީގެ އިތުރުން ޖޫނިއަބައިން އަންހެން ކުދިންނަށް ވެސް ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

މިއީ ޅޮހީގައި ބާއްވަމުން އަންނަ އެންމެ ބޮޑު ކުޅިވަރުގެ އީދެވެ. އަދި މި މުބާރާތް ނިންމާލާފައި ވަނީ ވަރަށް ކުލަގަދަކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top