Close

ރަންބިންގެ ޗެމްޕިއަންކަން ގޯޅި އެފްސީ އަދި ރާޅު ކަމަނަ އަށް!

މިއަތޮޅު ޅޮހީގައި ކުރިޔަށް ގެންދިޔަ ފުޓްސަލް މުބާރާތް ރަންބިން ފިއެސްޓާގެ ފިރިހެންބައިން ޗެމްޕިއަންކަން ގޯޅި އެފްސީ އަދި އަންހެންބައިގެ ޗެމްޕިއަންކަން ރާޅު ކަމަނަ ހޯދައިފި އެވެ.

ޅޮހީ ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދިޔަ މި ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލް ކުޅެފައި ވަނީ ހޯމަ ދުވަހުގެ އެވެ. މުބާރާތުގެ ފިރިހެން ބައިން ކަންމަތި އެފްސީ އާއި ބައްދަލުކޮށް 3 – 6 ގޯޅި އެފްސީ ކާމިޔާބުކޮށް ފިރިހެން ބައިގެ ޗެންޕިއަން ކަން ހޯދާފައި ވާއިރު މުބާރާތުގެ އަންހެންބައިން ޓީމް ވޯރިއާސް އާއި ބަދަލުކޮށް 0 – 1 ރާޅު ކަމަނަ މޮޅުވެ ވަނީ އަންހެންބައިގެ ޗެންޕިއަން ކަން ހޯދާފަ އެވެ. މި މުބާރާތުގެ ކިންގް އޮފްދަ ޓާނަމަންޓަކީ ކަންމަތި އެފްސީގެ ޖާޒީ ނަންބަރ 10 އަލީ އިބްރާހިމް ދީދީ އެވެ. އަދި ކުއީން އޮފްދަ ޓާނަމަންޓަކީ ރާޅު ކަމަނަގެ ޖާޒީ ނަންބަރ 01 ފާތުމަތު ޝުހާ އެވެ.

ސީޑުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ މިފޯރިގަދަ މުބާރާތުގައި ނިންމުމަށް ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި ނޫނު ޑެއިލީން ވަނީ މިމުބާރާތުގެ މެޗުތައް ލައިވްކަވަރޭޖް ގެނެސްދީފަ އެވެ.

ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ފިރިހެން ބައިގެ ޗެންޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވާއިރު ރަނަ ރަޕް ޓީމަށް ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމު ދީފަ އެވެ. އަދި އަންހެން ބައިގެ ޗެންޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައި ވާއިރު ރަނަ ރަޕް  ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ.

ފިރިހެންބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • ހުސެއިން ހަމީދު، (ޓީމް ބޯއިޒް) ޖާޒީ ނަންބަރ 33
  • އަލީ އިބްރާހިމް ދީދީ، (ކަންމަތި އެފްސީ) ޖާޒީ ނަންބަރ 10
  • އަލީ އަކްޝަމް، ( ގޯޅި އެފްސީ) ޖާޒީ ނަންބަރ 10
  • މުޙައްމަދު ނިފާއު ( ގޯޅި އެފްސީ) ޖާޒީ ނަންބަރ 08
  • ހަސަން އާލިމް ( ގޯޅި އެފްސީ) ޖާޒީ ނަންބަރ 21

އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • ފާތިމަތު ޝުހާ، (ގޮމަ އެފްސީ) ޖާޒީ ނަންބަރ 22
  • މަރިޔަމް ނަސްފާ، (ރެހެންދީ ) ޖާޒީ ނަންބަރ 07
  • މަރިޔަމް ޝައިހާ، ( ވޯރިއަސް) ޖާޒީ ނަންބަރ 14
  • އައިމިނަތު ނަޒްދާ، (ގޮމަ އެފްސީ) ޖާޒީ ނަންބަރ 14
  • ފާތިމަތު ޖައުޝަން ( ރާޅު ކަމަނަ) ޖާޒީ ނަންބަރ 14

މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން:

މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިން:

މުބާރާތުގެ މޮޅު ކީޕަރުން:

ޓޮޕް ސްކޯރަރ:

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top