Close

ރަންބިން ފިއެސްޓާގެ ފައިނަލް އަށް ދަތުރުކުރި ޓީމްތައް ކަށަވަރުވެއްޖެ

މިއަތޮޅު ޅޮހީގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ފޯރިގަދަ ފިއެސްޓާ ރަންބިން ކަޕްގެ ފައިނަލް އަށް ދަތުރު ކުރި ޓީމްތައް ރޭ ކަށަވަރު ވެއްޖެ އެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ ރަންބިން ފިއެސްޓާއަކީ ސީޑް އިން އިސްނަގައިގެން ހިންގާ މުބާރަތެކެވެ. މި މުބާރާތުގެ އަންހެނުންގެ ބައިގެ ސެމީ ފައިނަލްގެ މެޗުތައް ހުކުރު ދުވަހުގެ ރޭ ކުޅެފައި ވާއިރު ފިރިހެނުންގެ ބައިގެ މެޗުތައް ކުޅެފައި ވަނީ ރޭގަ އެވެ. ނ.ޅޮހީ ފުޓްސަލްދަނޑުގައި ކުރިއަށްދާ ރަންބިން ފިއެސްޓާގެ 2 ޑިވިޝަންގެ ތެރެއިން އަންހެނުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޓީމް ވޮރިއަރސް އަދި ރެހެންދި އެވެ. މި މެޗް 1 ލަނޑު 0 ން ލަނޑުން ކާމިޔާބުކުރީ ވޮރިއަރސް އެވެ. މި މެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައި ވަނީ  ޓީމް ވޯރިއާރސްގެ ޖޯޒީ ނަންބަރ 13 ޝައިހާ އެވެ. އަންހެން ޑިވިޝަންގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ރާޅުކަމަނަ އާއި ގޮމަ އެފްސީ އެވެ. މި މި ފޯރިގަދަ މެޗްގެ ފުލްޓައިމް ނިމުނު އިރު ކޮންމެ ޓީމަކުންވެސް ވަނީ 2 ލަނޑު ޖަހާފައެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިމެޗް ކާމިޔާބުކުރީ 7 ލަނޑު 5 ލަނޑުން ރާޅުކަމަނަ އެވެ. މިމެޗްގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ގޮމަ އެފްސީގެ ޖޯޒީ ނަންބަރު 22 ފާތުމަތު ޝުހާ އެވެ.

 

ރަންބިން ފިއެސްޓާ ފުޓްސަލް ޓޯރނަމެންޓް 2020 ގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގޯޅި އެފްސީ އާއި، ރާޅުއަކައެވެ. މި މެޗް 5-2 ން ކާމިޔާބުކުރީ ގޯޅޮ އެފްސީ އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ގޯޅި އެފްސީގެ ޖޯޒީ ނަންބަރ 8 އަޙްމަދު ނިފާއު އެވެ. މި ޑިވިޝަންންގެ ސެމީގެ ދެވަނަ މެޗްގައި ބައްދަލުކުރީ ކަންމަތި އެފްސީ އާއި، ޓީމް ބޯއީސް އެވެ. 10 ލަނޑު 3 ން ކަންމަތި އެފްސީން ކާމިޔާބުކުރި މިމެޗްގެ މޮޅުކުޅުން ތެރިއަކީ ޓީމް ކަންމަތި އެފްސީ ގެ ޖޯޒީނަންބަރ 10 އަލީ އިބްރާހީމް ދީދީ (އައިޑީ) އެވެ.  މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ބައްދަލު ކުރާނީ ކަންމަތި އެފްސީ އާއި، ގޯޅި އެފްސީ އެވެ. އަދި މިމުބާރާތުގެ ޖޫނިއަރ ޑިވިޝަންގެ މެޗްތައް މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް މުބާރާތުގެ މީޑިއާ ޕާޓްނަރ ނޫނު ޑެއިލީ ގެ ފޭސްބުކް ޕޭޖް އިން ލައިވް ކުރަމުން ގެންދާނެ އެވެ. މި މުބާރާތުގެ ކުޑަ ކުދިންގެ ބައި ހިންގަން ހަމަ ޖެހިފައިވަނީ އެކްސީޑް އާއި ގުޅިގެންނެވެ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top