Close

އެމްވައިޑީން މަގޫދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި

މަގޫދޫ ޔޫތް ޑިވިލޮޕްމަންޓް (އެމް.ވައި.ޑީ) ގެ ފަރާތުން 15 އަހަރުން ދަށުގެ ކުދިންނަށް ފުޓްސަލް މުބާރާތެއް ރޭ ފަށައިފި އެވެ.

މި މުބާރާތް ކުރިޔަށް ގެންދަނީ ދެ ޖިންސަށް ވަކިންނެވެ. މަގޫދޫ ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި 39 ކުއްޖަކު ވަނީ ބައިވެރިވެފަ އެވެ. އަދި މިއަދަދަށް ކުދިން ބައިވެރިވުމަކީ މުބާރާތަށް އޮތް ތަރުހީބު އަންގައިދޭ ކަމެއް ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތުދެ އެވެ.

މި މުބާރާތަކީ 15 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން މަގޫދޫގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މުބާރާތުގައި ފިރިހެން ހަތަރު ޓީމާއި އަންހެން ތިން ޓީމް ބައިވެރިވެފައިވެ އެވެ. މި މަހުގެ 17 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގެ އަންހެން ބައިގެން ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ. އެމް.ވައި.ޑީން ބުނީ މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެމް.ވައި.ޑީ އަކީ 2013 ވަނަ އަހަރުން ފެށިގެން މަގޫދޫގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން ވަނީ ވެއަތުވި ހަތް އަހަރު ތެރޭގައި މަގޫދޫގައި އިޖްތިމާއީ، އުމްރާނީ އަދި ކުޅިވަރުގެ ދާއިރާއިން ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top