Close

ހޮޅުދޫގައި ލީގް އުސޫލުން ކުޅޭ ފުޓްބޯޅަ މުބާރާތެއް ފަށައިފި

އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށް ހޮޅުދޫގައި "ހޮޅުދޫ ލީގް ހޮލިޑޭ ކަޕް 2020" ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ.

މި މުބާރާތަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މުބާރާތް ފަށާފައި ވަނީ އާދިއްތަ ދުވަހު އެވެ. މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވެ އެވެ. ފައިނަލް މެޗު ކުޅުމަށް ނިންމާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ހޮޅުދޫ ޓާފް ދަނޑުގައި ކުޅޭ މި މުބާރާތް ކުރިޔަށް ގެންދަނީ ލީގު އުސޫލުން ނެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް ފައިނަލްގައި ވާދަކުރާއިރު ފައިނަލްގެ ފަހު ޖާގަ ކަނޑައަޅަނީ ޕޮއިންޓް ގެ ގޮތުން 3 ވަނަ އަދި 4 ވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމެއް ލީގުގެ 2 ވަނަ ޓީމާ ކުޅުމަށް ފަހު އެވެ.

އައިލެންޑް ކުއިޒައިންގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްސަދަކީ ހޮޅުދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ކުޅިވަރުގެ ރޫޙު ދިރުވުންކަމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ. މިއީ ހޮޅުދޫ ލީގުގެ ފަރާތުން މިފަދަ ގޮތަކަށް އިންތިޒާމުކޮށްގެން ބާއްވާ 3 ވަނަ މުބާރާތެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top