ގާނޫނާއި ގަވައިދުތަކާ ހިލާފަށްރުއްގަސް ކަނޑައިގެން މި އަތޮޅު މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ނ. މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ގަވައިދާއި ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި އުފުރާފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ.
އެހެންކަމުން، މަނަދޫ ކައުންސިލް ޖޫރިމަނާ ކުރީ 20،000 އިން ކަމަށް ވެސް އީޕީއޭއިން ބުންޏެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ ކައުންސިލަށް އަންގައިފަ އެވެ.