Close

މަގޫދޫއަށް އާ އިންޖީނުގެއެއް، ރައްޔިތުން ދުމުން ސަލާމަތްވާނެ

FENAKA Magoodhoo

ނ. މަގޫދޫގައި ހަދަމުން އަންނަ އާ އިންޖީނުގެ

ނ. މަގޫދޫއިން، ސަމާހު މުހައްމަދު -- އާންމުން އުޅޭ ސަރަހައްދުތަކުގައި ހުންނަ އިންޖީނުގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މި އަތޮޅު މަގޫދޫ އިންޖީނުގެ ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ އެވެ.

މަގޫދޫގައި އާ އިންޖީނުގެއެއް އިމާތާތްކުރަން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މަގޫދޫ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރު، ސައިފް އަލީ "ނޫނު ޑެއިލީ"އަށް މިއަދު ވިދާޅުވީ އާ އިންޖީނުގޭގެ މަސަތްކަތްތައް ނިމުމަކަށް އައިސްފައިވާއިރު އެ އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަގުނަ ފައިދާތަކެއް ވާނެކަމަށެވެ. އެގޮތުން ވާނެ އެންމެ ބޮޑު ފަސޭހައަކީ ސައިފް ވިދާޅުވި ގޮތުގައި އިންޖީނުގޭގެ ދުމުގެ ސަބަބުން ރައްޔިތުންނަށްވާ އުނދަގޫ ނިމުމަކަށް އައުމެވެ. މަގޫދޫ އިންޖީނުގެ ހުންނަނީ އާންމުން އުޅޭ ސަރަހައްދެއްގައި ކަމަށްވުމުން ދުމުގެ އަސަރު އާންމުންނަށް ކުރާތީ އެކަމުގެ ޝަކުވާ ބޮޑެވެ. އަދި އާންމުން އުޅޭ ސަރަހައްދާ ކައިރީގައި މިހާރުގެ އިންޖީނުގެ ހުންނާތީ އިންޖީނުތަކުގެ އަޑުގެ ސަބަބުން ވެސް އާންމުންގެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ.

FENAKA Magoodhoo
ނ. މަގޫދޫގައި މިހާރު ހުންނަ ފެނަކަ އިންޖީނުގެ

އާ އިންޖީނުގެ ހުޅުވާނެ ތާރީހެއް އަދި ނުނިންމާ ކަމަށް ސައިފް ވިދާޅުވި އެވެ.

އަލަށް ބިނާކުރާ އިންޖީނުގެ އާއި ފެނަކަ އޮފީހަކީ ގާތަގަނޑަކަށް 2100 އަކަފޫޓުގެ ބޮޑު ތަނެކެވެ. އެއީ މިހާރުގެ އިންޖީނުގެއާ އަޅާބަލާއިރު ގާތްގަނޑަކަށް 5400 އަކަފޫޓު ބޮޑު ސަރަހައްދެކެވެ. އާ އިންޖީނުގެ ބިނާ ކުރަނީ ރަށުގެ ހުޅަނގުކޮޅު، މީހުން އުޅޭ ހިސާބާދުރުގަ އެވެ.

އިންޖީނުގެ އާއި ފެނަކަ އޮފީސް މިފަހަރު ހެދީ އެއްބިމެއްގައި ކަމުގައިވީ ނަމަވެސް، މިހާރުގެ ފެނަކަ އޮފީހާއި އިންޖީނުގެ ހުންނަނީ ދެތަނެއްގަ އެވެ. އެކަމުގެ ސަބަބުން ވެސް ފަސޭހަތަކެއް ވާނެ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ.

މިހާރު މަގޫދޫގައި ބޭނުންކުރަމުންދާ އިންޖީނުގެ ފުރަތަމަ ބޭނުންކުރަންފެށީ 1997 ވަނަ އަހަރު އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top