Close

ޝަކުވާތައް ހިފައިގެން އަތޮޅުގެ މެންބަރުން ޒަހާގެ އަރިހަށް

Meeting Fisheries Minister

މި އަތޮޅުގެ ދާއިރާތަކުގެ މެންބަރުން މިއަދު މިނިސްޓަރު ޒަހާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

މި އަތޮޅުގެ މަސްވެރިންނާއި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކާއި އެ ފަރާތްތަކުގެ ޝަކުވާތައް ހިފައިގެން އަތޮޅުގެ މެންބަރުން މިއަދު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިއަދު މެންދުރުފަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން އަދި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އެވެ. މިނިސްޓަރު ޒަހާގެ އަރިހުގައި އެ މިނިސްޓްރީގެ ކަމާ ގުޅޭ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝަފީގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަތޮޅުގެ މަސްވެރިންނާއި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާ މެދު ފުޅާ ދާއިރާއެއްގައި އަތޮޅުގެ ދާއިރާތަކުގެ މެންބަރުން މިނިސްޓަރާ އެކު މަޝްވަރާކުރެއްވި ކަމަށެވެ. އަދި އަތޮޅުގެ ފަޅުރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

މިފަހުން ދަނޑުވެރިކަމަށް އިންވެސްޓްކުރަން ހުޅުވާލި ރަށްތަކުގެ ތެރޭގައި މި އަތޮޅު ތޮޅެންދޫ ހިމެނެ އެވެ. އަދި މިފަހުން ފިޝަރީޒް މިނިސްޓްރީއިން ވަނީ ކަނޑޫދޫ ވެލިދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ. އަދި ވެލިދޫ ކައުންސިލުން ވަނީ އެ ރަށުގައި ދަނޑުވެރިކަން ކުރަން ބިން ދޫކުރަން ނިންމައިފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މި އަތޮޅު ދާއިރާތަކުގެ މަޖިލިސް މެންބަރުން ވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ވެސް ބައްދަލުކޮށް ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން ޓޫރިޒަމަށް ދޫކޮށްފައިވާ ފަޅުރަށްތައް ނުހެދި ގިނަ ދުވަސްވުމާއި އަތޮޅުގައި ޕިކްނިކް ދާނެ ރަށެއް ނެތުމުން އެފަދަ ރަށެއް ތަރައްގީ ކުރުމާ އަދި އަލަށް ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ތެރޭގައި މި އަތޮޅުގެ ކުންނަމަލަ ހިމަނައިދިނުމަށް ވެސް އެދިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top