Close

މަނަދޫގައި ތިބި ހާއްސަ ފަރުވާދޭ މީހުންނަށް ރަށުން ބޭސް ލިބޭ ގޮތް ހަދަނީ

ނ. މަނަދޫ

މިއަތޮޅު ވެރިކަންކުރާ ރަށް މަނަދޫގައި ތިބި ހާއްސަ ފަރުވާދޭ މީހުންނަށާއި ދިގު މުއްދަތަކަށް ފަރުވާކުރާ މީހުންނަށް، ބޭނުންވާ ބޭސް ރަށުން ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކައުންސިލުން ފަށައިފި އެވެ.

މަނަދޫ ކައުންސިލުން މިހާރު ވަނީ މިފަދަ މީހުންގެ މައުލޫމާތުތައް އެއްކޮށް ދަފްތަރެއް އެކުލަވާލުމަށް އިއުލާން ކޮށްފަ އެވެ. މި މަސައްކަތަކީ އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ފާމަސީތަކުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. އަދި މިގޮތަށް ބޭސް ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ފާމަސީ މެދުވެރިކޮށް ސީދާ ރަށުން ބޭސް ލިބޭނެ ކަމަށް މަނަދޫ ކައުންސިލުން މައުލޫމާތުދެ އެވެ.

މި ދަފްތަރު އެކުލަވާލުމަށް މިގޮތަށް ބޭސް ބޭނުންވާ ފަރާތްތަކުން ނަންނޯޓް ކުރުމަށް ވެސް މަނަދޫ ކައުންސިލުން އެދެ އެވެ. މަނަދޫއަކީ މިއަތޮޅުގެ އަތޮޅު ހޮސްޕިޓަލް ވެސް ހުންނަ ރަށެވެ. އަދި މަނަދޫ އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު އިމާރާތެއް އެޅުމަށް ބަޔަކު ހޯދުމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top