Close

ވެލިދޫ ކައުންސިލްގެ ހުއްދައަކާ ނުލައި ދޮނައެރިކަނޑޫދޫ އަށް އެރުން މަނާ ކޮށްފި

ނ. ދޮނައެރިކަނޑޫދޫ

ހުއްދަ ނުނަގައި ދޮނައެރިކަނޑޫދޫ އަށް އެރުން، ވެލިދޫ ކައުންސިލުން މިއަދު މަނާ ކޮށްފި އެވެ.

ވެލިދޫ ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ނ. ދޮނައެރިކަނޑޫދޫ ބަލަހައްޓަން ވެލިދޫ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެރަށް ބެލެހެއްޓުމަށް މިނިސްޓްރީއާ އެކު މިމަހުގެ އެއްވަނަ ދުވަހު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ވެސް ވެލިދޫ ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލްގެ އިއުލާނުގައިވާ ގޮތުން މިއަދުން ފެށިގެން ދޮނައެރިކަނޑޫދޫ އަށް އަރާ އެރަށުން އެއް ވެސް އެއްޗެއް ގެންދިއުމަކީ މަނާ ކަމެކެވެ. އަދި އެ ރަށް ބޭނުންކުރުމުގެ އުސޫލެއް އެކުލަވާލައި ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެލިދޫ ކައުންސިލުން މައުލޫމާތުދެ އެވެ.

ގާތްގަނޑަކަށް 21 ހެކްޓަރުގެ ދޮނައެރިކަނޑޫ އަކީ އެކި ފަހަރުގެ މަތިން ވެލިދޫ ކައުންސިލާ ހަވާލުކޮށްފައިވާ ފަޅު ރަށެކެވެ. އަދި މީގެ ކުރިން ވެސް ވެލިދޫ ކައުންސިލްގެ ބެލުމުގެ ދަށުން އެރަށް ދަނޑުވެރިކަމަށް ވަނީ ދޫކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top