ނ.އަތޮޅު ސީ އެމަބިޔުލެންސް ރޭ ފަތިހު 5:25 ހާއިރު ނ. މާޅެންދޫ ބޭރު ތޮށްޓަށް އަރައިފި

ނ.އަތޮޅު ސީ އެމްބިޔުލެންސް ރޭ ފަތިހު 5:25 ހާއިރު ނ. މާޅެންދޫ ބޭރުތޮއްޓަށް އަރައިފިއެވެ. މިހާދިސާ ހިނގީ ރޭގައި ނ.މާޅެންދޫން ހާލު ބޮޑު ބަލިމީހަކު ބަލާގޮސް ބަލިމީހާގޮވައިގެން ނ.މަނަދޫ އަށް ދިޔުމަށް ފުރިތަނާއެވެ.

މާޅެންދޫން އެންޑީ އަށް މަޢުލޫމާތު ދެއްވި މީހަކު ބުނީ އެހާދިސާ ހިނގީ މާޅެންދޫން ބަލިމީހާ ގޮވައިގެން މަނަދޫއަށް ފުރި ފަހުންނެވެ. އެހާދިސާ ހިނގިކަމަށް މާޅެންދޫން އެންޑީ އަށް މައުލޫމާތު ދެއްވި ފަރާތުން ދެންނެވީ އެހާދިސާ ހިނގީ ކައިރިން އަނބުރާލުމުންނެވެ. "މާޅެންދޫ ނެރު ފައިކަށި އިންނާނީ ދެފައިކަށި ދެވަރަށް ބޭރަށް ނިކުމެފަހުންނަވަރު . ބެލެވެނީ ކެޕްޓަނަށް އެރި ބޮަޑު އޮޅުމެއްކަމަށް އަނބުރާލި ފަރާތު ފައިކަށި މިއިންނަނީ ބޮޑަށް ބޭރަށް އެފައިކަށީގައި އިންނަ ބައްތިވެސް ނުދިއްލެ. ކެޕްޓަން އާއި ހަވާލާދީ މާޅެންދޫން މައުލޫމާތު ދިންފަރާތަކުން ބުނީ އެއްއިންޖީނު ފެއިލްވީކަމަށް. މިހާދިސާ ހިނގުމާއެކު ތޮށިކައިރިއަށް ލޯންޗް ގެންގޮސް އެންމެން ރައްކާތެރި ކަމާއެކު މާޅެންދޫއަށް ބޭލިއެވެ . ސީ އެމްބިޔުލެންސުން ދަތުރުކުރި ފިރިހެނަކަށްވަނީ އަނިޔާލިބިފައެވެ. ސީއެމްބިޔުލެންސް ބަންޑުންޖެހީ ފަޅުތެރެއަށް ވެއްދުމުގެ ތެރޭގައެވެ. ސީއެމްބިޔުލެންސްގައި މަނަދޫއަށް ގެންދަން އުޅުނު ބަލިމީހާ ވަނީ ނ.އަތޮޅު ޕޮލިސް ލޯންޗްގެ އެހީތެރިކަމާއެކު މަނަދުއަށް ގެންދެވިފައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST