• Annular Solar Eclipse

ނ. އަތޮޅަށް އެންމެ ރީއްޗަށް އިރު ކޭތަ ފެންނާނީ ހެނދުނު 8:55 ގައި

ވޭތުވެ ދިޔަ ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް ހިފާ އިރުކޭތަ މި އަތޮޅަށް އެންމެ ބޮޑަށް ފެންނާނީ މިއަދު ހެނދުނު 8:55 ގައި ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފި އެވެ.

ފަލަކީ އިލްމްގެ ވެބްސައިޓްތަކުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު މި އަތޮޅުގެ ރަށްތަކަށް އިރު ކޭތަ ހިފަން ފަށާނީ، މިއަދު ހެނދުނު 7:36ގަ އެވެ. އަދި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ، މިއަދު ހެނދުނު 8:55ގަ އެވެ. އޭރު ހުންނާނީ އިރުގެ 58 ޕަސެންޓް ގެއްލިފަ އެވެ.

ބިރުވެރި އަދި ގެއްލުން ބޮޑު ސުނާމީ ކާރިސާ އަށް 15 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، ހިފާ މި ކޭތަ މި އަތޮޅުގެ ރަށްތަކަށް ފެންނަން ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކަނީ ގާތްގަނޑަކަށް ދެ ގަޑިއިރާއި 55 މިނެޓަށެވެ. މި އަތޮޅަށް ކޭތަ ހިފާ ނިމޭނޭ ވަގުތެއް ކަމަށް ލަފާކޮށްފައި ވަނީ މިއަދު ހެނދުނު 10:31 އެވެ.

ވެރިރަށް މާލެއަށް އިރުކޭތަ ހިފަނީ މި އަތޮޅު ހިމެނޭ ގޮތުން ދެކުނުގެ އަތޮޅުތަކަށް ވުރެ

ދެ މިނެޓް ލަހުން ހެނދުނު 7:38 އިން 10:32 އަށެވެ. ނަމަވެސް އުތުރުގެ ރަށްތަކުގައި ކޭތަ ހިފަން ފަށާނީ ފަސް މިނެޓް ކުރިން އެވެ. ރާއްޖެއިން އެންމެ ބޮޑަށް ކޭތަ ހިފާފައިވާ ތަން ފެންނާނީ އުތުރުގެ ރަށްތަކަށެވެ. އެ އަތޮޅުތަކަށް އިރުގެ 75 ޕަސެންޓް ގެއްލިފައިވާތަން ފެންނާނެ އެވެ. މާލެއަށް ފެންނާނީ އިރު 67 ޕަސެންޓަށް ގެއްލިފައި ވަނިކޮށެވެ.

އިރުކޭތަ ހިފަނީ ވަށާ ދަތުރުކުރާ ދުނިޔެ އާއި އިރާ ދޭތެރެއަށް ހަނދު ވަނުމުން ކަމަށްވާއިރު

އެންމެ ބޮޑަށް އިރުކޭތަ ހިފުމުން އިރު ފެންނާނީ އަނގޮއްޓިއެއްހެން ވަށްކޮށެވެ. އެގޮތަށް އިރުކޭތަ ހިފާފައިވަނިކޮށް މިފަހަރު ފެންނާނީ އިންޑިއާގެ ބައެއް އަވަށްތަކަށާއި ލަންކާގެ ޖަފްނާގެ އިތުރުން އިންޑޮނޭޝިއާ އާއި ސިންގަޕޫރުގެ އަވަށްތަކަށް ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

އެންމެ ފަހުން ރާއްޖެ އަށް އިރުކޭތަ ހިފާފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ވެސް އިރުކޭތަ ހިފާނެ އެވެ. ނަމަވެސް އެ ފަހަރު ކޭތަ ހިފާފައި ހުންނަތަން ރާއްޖެއަށް ފެންނާނީ ވަރަށްވެސް ކުޑަކޮށެވެ.

 ކޭތަ ހިފާފައި ހުންނައިރު، ސީދާ އިރަށް ބެލުމަކީ ލޮލަށް ގެއްލުންތަކެއް ލިބޭނެ

ކަމަށްކަށް ވާތީ، ކޭތަ ބެލުމަށް ހާއްސަ އައިނު ފަދަ އާލާތްތައް ބޭނުން ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުން އިރުޝާދުދެ އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ކޭތަ ނަމާދުކުރުން އޮންނާނީ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި މިއަދު ހެނދުނު 8:50ގަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST