މަގޫދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ތަށި ފެލްކަންސް ނަގައިފި

ނ. މަގޫދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ތަށި ފެލްކަންސް އިން ނަގައިފި އެވެ.

މަގޫދޫގައި އަލަށް ހެދި ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ފެލްކަންސް ތަށި އުފުލާލާފައި ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ރެޑް ރޭވަންއާ ބައްދަލުކޮށް، ޕެނެލްޓީ ޖަހައިން 5-4 އިން ނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ޕެނެލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެގެނެވެ.

މި މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ ފެލްކަންސް ޖޯޒީ ނަންބަރު 10 ސައުދް މުހައްމަދު އެވެ.

މަގުދޫ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ހަތަރު ޓީމްބައިވެރިވެފައިވާއިރު، ޗެމްޕިއަން ޓީމަށް 3000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 1000 ރުފިޔާ ދީފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST