• Cheval Blanc Randheli Resort

ދުނިޔޭގެ ގަދަ ދިހައެއްގައި ނ. އަތޮޅުގެ ތިން ރިސޯޓް

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސް (އެލްޓީއައި)އިން ހޮވާ ވޭތުވެ ދިޔަ 10 އަހަރުގެ، ދުނިޔޭގެ އެންމެ ފެންވަ ރަނގަޅު 10 ލަގްޒަރީ ރިސޯޓްގެ ލިސްޓުގައި ނ އަތޮޅުގެ ތިން ރިސޯޓް ހިމެނިއްޖެ އެވެ.

އެލްޓީއައިގެ ރިސާޗް ޓީމުން ދުނިޔޭގެ އެކި ރިސޯޓުތައް ބެލުމަށް ފަހު ތައްޔާރުކުރި މި ލިސްޓުގައި ހިމެނެނީ، މި އަތޮޅަށް ނިސްބަތްވާ ޝަވަލް ބްލާންކް ރަންދެލި އާއި ވެލާ ޕްރައިވެޓް އައިލެންޑް އަދި ސޮނެވާ ޖާނީ އެވެ. އެގޮތުން އެ ލިސްޓްގެ ދެވަނަ ލިބުނީ ރަންދެލި ރިސޯޓަށެވެ. އަދި ސޮނޭވާ ޖާނީއަށް ހަ ވަނަ ލިބުނު އިރު، 10 ވަނައިގައި އޮތީ ވެލާ ޕްރައިވެޓް އައިލެންޑެވެ.

މުޅި ރާއްޖެއިން ވެސް، އެ ލިސްޓްގައި ހިމެނުނީ މިތިން ރިސޯޓެވެ. އަދި މި ލިސްޓުގައި އެއް ގައުމަކަށް އެންމެ ގިނަ ރިސޯޓު ނިސްބަތް ވަނީ ވެސް ރާއްޖެ އަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެސް މި ލިސްޓުގައި ހިމެނިފައި ވަނީ ރާއްޖެ އެކަންޏެވެ.

ގަދަ 10 ގައި ހިމެނުނު ރިސޯޓުތައް:

އަމަން – ޓޯކިޔޯ

ޝެވަލް ބްލަންކް ރަންދެލި - ރާއްޖެ

ކޮކޮމޯ ޕްރައިވެޓް އައިލެންޑް - ފީޖީ

ލަ ރިސާވް - ޕެރިސް

ސިކްސް ސެންސަސް ޒިލް ޕެސްޔާން - ސީޝެލްސް.

ސޮނެވާ ޖާނީ - ރާއްޖެ.

ސޮން ސާ - ކެމްބޯޑިއާ.

ކޮރިންތިއާ - ލަންޑަން.

ދަ ސީލޯ - ކޭޕް ޓައުން.

ވެލާ ޕްރައިވެޓް އައިލެންޑް - ރާއްޖެ.

ގަދަ 10 ރިސޯޓްގެ ލިސްޓްގައި ހިމެނުނު ނ. އަތޮޅުގެ މި ތިން ރިސޯޓަކީ އެންމެ ބޮޑު އަދަދަކުން މުވައްޒަފުންނަށް ސާވިސްޗާޖް ދޭ ލިސްޓްގައި ވެސް ހިމެނޭ ރިސޯޓްތަކެކެވެ.

އެގޮތުން، ހުސްވި ނޮވެމްބަރު މަސް ތެރޭ އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރާއްޖޭގެ ރިސޯޓަކީ ވެސް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ. އެގޮތުން އެ ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ނޮވެމްބަރު މަހުގެ ސާވިސް ޗާޖްގެ ގޮތުގައި 1,323 ޑޮލަރު (20،498 ރުފިޔާ) ދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖް ދިން، ޝެވަލް ބްލޭންކް ރަންދެލި ރިސޯޓުން 1،146 ޑޮލަރު (17،671 ރުފިޔާ) ދީފައިވެ އެވެ.

މި އަތޮޅުގައި މިހާރުވެސް ހަތް ރިސޯޓެއް ހިންގަމުން އަންނަ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST