• މަނަދޫ ސިއްހީ މަރުކަޒު: މަނަދުއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް

ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ މަނަދޫގައި

ނ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާ ރަށަކަށް މި އަތޮޅު ވެރިކަން ކުރާ ރަށް، މަނަދޫ ވެއްޖެ އެވެ.

ވަކިވަކި ރަށްރަށުގައި މައުލޫމާތާއި އެ ރަށްރަށުގައި ހިނގާ މަޝްރޫއުތަކުގެ ތަފްސީލް ހިމަނައިގެން ރައީސް އޮފީހުން މިދިޔަ ހަފްތާ އިފްތިތާހު ކުރި، "އައިލްސް" ވެބްސައިޓުގައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި، މިއަހަރުގައި ބަޖެޓްގައި ހިމަނައިގެން މަނަދޫގައި 11 މަޝްރޫއެއް ހިންގާއިރު އެ މަޝްރޫއުތަކަށް 18.20 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

މަނަދޫގެ ޖުމްލަ އާބާދީގައި 2001 މީހަކު ދިރިއުޅޭ އިރު، މިވަގުތު އަމަލީ ގޮތުން މަސައްކަތް ހިނގަމުންދާ މަޝްރޫއުތަކަކީ، ނ އަތޮޅު މަދަރުސާގައި މަލްޓިޕާޕޯސް ހޯލެއް އެޅުމާއި މަނަދޫ އަތޮޅު ހޮސްޕިޓަލް ބޮޑުކުރުމާއި އިއާދަކުރަނިވި ހަކަތައާ ގުޅޭ ސަސްޓެއިނަބަލް އެނާޖީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓަކާއި އަދި މަނަދޫ ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުގައި ޕްލޭނިން ސްޓޭޖްގައި ހަތަރު މަޝްރޫއެއްގެ މަސައްކަތް ހިނގާއިރު، މަނަދޫގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވަނީ މިހާރު ޓެންޑަރަށް ލައިފަ އެވެ. ޕްލޭނިން ސްޓޭޖްގައި ހުރި މަޝްރޫއުތަކަކީ، އެ ރަށުގެ މަގުތައް ހެދުމާއި ބަނދަރުގެ ނެރު ހެދުމާއި އައުޓްޑޯ ޖިމްއެއް ގާއިމްކުރުމާއި ޓާފް ދަނޑެއް އެޅުން އަދި އެ ރަށުގެ ޕޮލިސް ސްޓޭޝަން އިމާރާތް ހެދުމުގެ މަސައްކަތެވެ. އެ ރަށުގެ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ވަނީ، ސްޕޯޓްސް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ މަސައްކަތެވެ.

އައިލްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަތޮޅުގައި ދެވަނަ އަށް އެންމެ ގިނަ މަޝްރޫއުތައް ހިނގަނީ ކެނދިކުޅުދޫގަ އެވެ. އެގޮތުން އެ ރަށުގައި ނުވަ މަޝްރޫއެއް ހިންގަ އެވެ.

އަތޮޅުގެ ރަށްތަކުގެ މަޝްރޫއުތައް:

ހެނބަދޫ – 5 މަޝްރޫއު

ހޮޅުދޫ – 6 މަޝްރޫއު

ޅޮހި – 4 މަޝްރޫއު

ކުޑަފަރީ – 6

ވެލިދޫ – 7

މާޅެންދޫ – 8

މާފަރު – 8

މިލަދޫ – 7

މަގޫދޫ – 3

ފޮއްދޫ – 7

ލަންދޫ – 6

މިއަތޮޅުގައި މީހުން ދިރިއުޅޭ، 13 ރަށް އޮތް އިރު އެންމެ އާބާދީ ބޮޑީ ވެލިދޫގަ އެވެ. އެގޮތުން ވެލިދޫގެ އާބާދީ ވަނީ، 2،649 އަށް އަރައިފަ އެވެ. މި އަތޮޅުގައި ރިސޯޓް ހަދައި އޮޕަރޭޓް ކުރަމުން ދާ ހަތް ރަށެއް އޮތް އިރު، ރިސޯޓް ތަރައްގީ ކުރަން 13 ރަށެއް ވަނީ ދޫކޮށްފަ އެވެ. އަދި ސިނާއީ މަސައްކަތް ކުރުމަށް ދެ ރަށެއް، ދަނޑުވެރިކަން ކުރުމަށް އަށް ރަށެއް އަދި އެކުއަކަލްޗާއަށް އެއް ރަށް މި އަތޮޅުން ދޫކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST