ހުރިހާ ޖަލްސާ އަކަށް ވަޑައިގެންނެވީ ހޮޅުދޫ ދާއިރާ މެމްބަރު އަދި ވެލިދޫ ދާއިރާ މެމްބަރު، ހާޒިރީ އެންމެ ދަށްކޮށް އުޅުއްވަނީ މަނަދޫ ދާއިރާ މެމްބަރު!

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ، ނ. އަތޮޅު މެމްބަރުންގެ ހާޒިރީ އަށް ބަލާއިރު އެއްވެސް ޖަލްސާއެއް ވައްޓާ ނުލައްވާ ހަޒީރުވެވަޑައިގެންނެވި ދެ މެމްބަރުންނަކީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކަމަށް މަޖިލިސް އިން އާންމުކުރި ހާޒިރީން ދައްކައިފި އެވެ.

މަޖިލިހުން އާންމު ކުރި 19 ވަނަ މަޖިލިހުގެ ދެވަނަ  ދައުރުގެ ހާޒިރީގައިވާ ގޮތުން އެ ދައުރުގައި ބޭއްވި 30 ޖަލްސާ އަށް މެމްބަރު ޔޫނުސް އަލީ އާއި މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހާޒިރުވެ ވަޑައިގެންނެވި އެވެ. ނ. އަތޮޅު މެމްބަރުންނަށް ބަލާއިރު މަޖިލީހުގެ ފުރަތަމަ ދައުރުގައި ވެސް އެންމެ ހާޒިރީ ރަނގަޅީ މި ދެ މެމްބަރުންނެވެ. އެގޮތުން ފުރަތަމަ ދައުރުގައި ހުރިހާ ޖަލްސާ އަކަށް މުހައްމަދު އަބްދުﷲ ޝަފީގް ހާޒިރުވެ ވަޑައިގެންނެވި އެވެ. ފުރަތަމަ ދައުރުގައި މެމްބަރު ޔޫނުސް ވަނީ އެންމެ ޖަލްސާ އެއްފިޔަވާ ހުރިހާ ޖަލްސާ އަކަށް ވަޑައިގަންނަވާފަ އެވެ.

ނ. އަތޮޅު މެމްބަރުންނަށް ބަލާއިރު ހާޒިރީ އެންމެ ފުލުގައި އުޅުއްވަނީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އެވެ. މެމްބަރު ހާރޫން ނިމިދިޔަ ދައުރުގައި 07 ޖަލްސާއަކަށް ސަލާމް ބުނުއްވާފައިވާއިރު، ވަކި އެއްޗެއް ނާންގަވާ އެއް ޖަލްސާ އަށް ވަޑައިނުގަންނަވަ އެވެ. މަޖިލީހުގެ ފުރަތަމަ ދައުރުރަށް ބަލާއިރު، މެމްބަރު ހާރޫން ސަލާމް ބުނުއްވާ 02 ޖަލްސާ އަކަށް ވަޑައިނުގަންނަވަ އެވެ.

ނ. އަތޮޅު މެމްބަރުންނަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ ޖަލްސާ އަށް ވަޑައިގެންނެވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ 30 ޖަލްސާގެ ތެރެއިން އީސަ ހަތަރު ޖަލްސާ އަކަށް ސަލާމް ބުނުއްވާފައިވާއިރު، އިތުރު ދެ ޖަލްސާ އަކަށް ވަޑައިނުގަންނަވާ ވަނީ މަޖިލީހުގެ ރަސްމީ ދަތުރުފުޅަކާ ގުޅިގެންނެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ތިން ޖަލްސާ އަކަށް ސަލާމް ބުނުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST