ވެލިދޫގައި ބޭންކުގެ ޚިދުމަތް ދޭންފަށައިފި

ނ.ވެލިދޫ ގައި ރައީސް ޔާމީންގެ ވެރިކަމުގައި ދޭންފެށި އޭޓީއެމްގެ ޚިދުމަތް އިތުރު ހަރުފަތަކަށް ފުޅާކޮށް 3 މުވައްޒަފުންނާއެކު ފުރިހަމަ ޚިދުމަތެއް ދޭން މިއަދު ފަށައިފިއެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ވައުދެއްވެސް މެއެވެ. ވެރިކަމުގެ ދެވަނަ އަހަރު ލިބެންފެށުނު މިޚިދުމަތުން ވެލިދޫގެ ރަައްޔިތުންވަނީ އުފަލުން ފުރިފައެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް ވެލިދޫ ބްރާންޗް އިން ގިނަ ގުނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. ނ.އަތޮޅުގައި އާބާދީ އެންމެ ބޮޑު ސިނާއި ގިނަ މަސައްކަތްތަކެއް ކުރަމުންދާ މިރަށުގެ ރައްޔިތުންނާ މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިބްރާންޗްގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST