ނ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން، ލޮލުގެ ޚާއްސަ ކޭމްޕެއް ފަށަނީ

ނ. އަތޮޅު ހުރިހާ ރަށެއްގެ ސިއްޙީ މަރުކަޒުތަކަށް އަމާޒުކޮށްގެން ލޮލުގެ ހާއްސަ ކޭމްޕެއް ފެށުމަށް މަނަދޫ ހޮސްޕިޓަލާއި ސްޕަވިޝަން އޮޕްޓިކަލްސްއާ ގުޅިގެން ބާއްވަން ނިންމައިފި އެވެ.

މި ކޭމްޕްގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަނީ 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 އިން ހަވީރު 16:00 އަށް ނ.މަގޫދޫ ސިއްޙީ މަރުކަޒުގައި، 23 ނޮވެމަބަރ 2019 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން މެންދުރު 11:00 އަށް ނ.މިލަނދޫ ސިއްޙީ މަރުކަޒުގައި، 23 ނެވެމްބަރ 2019 ވާ ހޮނިހިރު ދުވަހު މެންދުރު 14:00 އިން ހަވީރު 16:00 އަށް ނ.ޅޮހީ ސިއްޙީ މަރުކަޒުގައި، 24 ނޮވެމަބަރ 2019 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 އިން 11:00 އަށް ނ.މާފަރު ސިއްޙީ މަރުކަޒުގައި، 24 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހު މެންދުރު 14:00 އިން 17:00 އަށް ނ.ކުޑަފަރީ ސިއްޙީ މަރުކަޒުގައި، 25 ނެވެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ނ.ލަންދޫ ސިއްޙީ މަރުކަޒުގައި، 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހު މެންދުރު 14:00 އިން ހަވީރު 17:00 އަށް ނ.މާޅެން ސިއްޙީ މަރުކަޒުގައި، 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒުގައި، 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު މެންދުރު 14:00 އިން ހަވީރު 17:00 އަށް ނ.ހެނބަދޫ ސިއްޙީ މަރުކަޒުގައި، 27 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ނ.ހޮޅުދޫ ސިއްޙީ މަރުކަޒުގައި، 27 ނޮވެމަބަރ 2019 ވާ ބުދަ ދުވަހު މެންދުރު 14:00 އިން ހަވީރު 16:00 އަށް ނ.ފޮއްދޫ ސިއްޙީ މަރުކަޒުގައި، 30 ނޮވެމްބަރ 2019 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން ހަވީރު 16:00 އަށް ނ. ވެލިދޫ ސިއްޙީ މަރުކަޒުގަ އެވެ.

 މި ކޭމްޕްގައި ލޮލުގެ ފެނުން ތަޙުލީލު ކުރުމާއި، ލޮލަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ދެއްވުމާއި، އިތުރަށް ފަރުވާތެރިވާންޖެހޭ ކަންތަކާއި، އިތުރައް ފަރުވާ ހޯދާނެ ގޮތުގެ އިރުޝާދު ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ކޮމްޕިއުޓަރައިޒްޑް އައި ޓެސްޓިންގ / އޮޕްޓިކަލް ޑިސްޕެންސަރީ ކޮންޓެކްޓް ލެންސް ކްލިނިކް / ފަންޑަސް އެގްޒަމިނޭޝަން ޑައިބެޓިކް އައި ސްކްރީނިންގ / ކަލަރ ޑެފިސިއެންސީ އައިނު ހެއްދުމާއި، ލޮލުގެ ނަންބަރު ނެގުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ސްކޫލް ކުދިންނަށާއި، ޢާންމު ރައްޔިތުންނަށް ލިބޭ ޑިސްކައުންޓް އަދި ފަސޭހަތަކަށް ބަލާއިރު ސްކޫލް ކުދިންނަށް ޙާއްސަ %10 ޑިސްކައުންޓް ހައްދާ ކޮންމެ އައިނަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި  20 ދުވަހާއި 15 ދުވަހުގެ ތެރޭގައި އެބޭފުޅެއްގެ އަމިއްލަ ރަށުން އިތުބާރާއެކު އައިނު ހަވާލުކޮށްދޭއިރު، އައިނު ހަދާ ފަރާތްތަކަށް ދެފަހަރަށް ބަހާލައިގެ ފައިސާ ދައްކާލެވިދާނެވެ. ބާކީ ފައިސާ އައިނު ލިބުމުން ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދ ފެނުން ރަނގަޅުވިތޯ ނޫންތޯ ކަށަވަރުކުރުމަށް ފަށެހަކުރުމަށް ކުރިން ހައްދާފައިވާ އައިނު ގެނައުމަށް ވެސް މި ކޭމްޕް ހިންގާ ފަރާތުން އެދެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ