ނ.އަތޮޅުގެ ރިސޯޓްތަކާއި ރަށު ކައުންސިލްތަކާ އެކު މަހާސިންތާއެއް ބާއްވަނީ

ނ.އަތޮޅުގެ ރިސޯޓްތަކާއި ރަށު ކައުންސިލްތަކާ އެކު މަހާސިންތާއެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ ރަސްމީ ފޭސްބުކް ޕޭޖްގައި، މެމްބަރު ވިދާޅުވީ މިފަދަ މަހާސިންތާއެއް ބޭއްވުމަށް މިނިސްޓްރީން ނިންމުމަކީ މައްސަލަތައް ހައްލުކުރަން ލިބޭނެ ފުރުސަތެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

ވެލިދޫ ދާއިރާ މެމްބަރު އިތުރަށް ވިދާޅުވީ ނ. އަތޮޅުގެ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މައްސަލަތައް ވަޒީރާ ހިއްސާކޮށް މަޝްވަރާކުރެވިއްޖެ ކަމަށެވެ. ޓޫރިޒަމް މިނިސްޓަރާ އެކު ބޭއްވި މި ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރުގެ އިތުރުން މަނަދޫ ދާއިރާ އާއި ހޮޅުދޫ ދާއިރާގެ މެމްބަރު ބައިވެރިވެ ވަޑައިގަންނަވާފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST