މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަންނަ މަހު ހުޅުވަނީ: ވެލިދޫ ދާއިރާ މެމްބަރު

ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް އަންނަ މަހު އެއް ވަނަ ދުވަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވެލިދޫ ދާއިރާ މެމްބަރު ފޭސްބުކް އޮފިޝަލް ޕޭޖްގައި ވިދާޅުވެފައި ވަނީ މާފަރު އެއާޕޯޓް ހުޅުވުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަނީ 1 ޑިސެމްބަރ 2019 އިން ފެށިގެން އައިލެންޑް އޭވިއޭޝަން އިން އޮޕަރޭޓްކުރާ އެއާޕޯޓެއްގެ ގޮތުގައި އާންމުކޮށް ޚިދުމަތް ފެށުމަށް ކަމަށެވެ. އަދި މިއެއާޕޯޓް ހުޅުވުމަށްޓަކާ ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތްތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށާއި އެމަސައްކަތާ ގުޅުންހުރި ދަތުރެއް އިއްޔެ މާފަރަށް ފްލައިޓްގައި ކުރި ކަމަށް މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވި އެވެ.

މި ދަތުރުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ގެ ދެ ސްޓޭޓް މިނިސްޓަރުންކަމަށްވާ އަކްރަމް ކަމާލުއްދީނާއި، ޝިފާޒް އަލީ އަދި އެމިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނާއި އައިލެންޑް އޭވިއޭޝަންގެ މެނެޖިންގ ޑިރެކްޓަރ އާއި ޓެކްނިކަލް މުވައްޒަފުން ބައިވެރިވި ކަމަށް ވެލިދޫ ދާއިރާ މެމްބަރު ވިދާޅުވި އެވެ.  އިއްޔެގެ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރުގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރާއި ހޮޅުދޫ ދާއިރާގެ މެންބަރު ބައިވެރިވެ ވަޑައިގަންނަވާފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ