ވެލިދޫ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކަށް 28.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓް ކޮށްފައިވޭ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓްގައި ނ. އަތޮޅު ވެލިދޫ ދާއިރާ އަށް 28.9 މިލިޔަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ކަނޑައަޅާ ބަޖެޓް ކޮށްފި އެވެ.

ވެލިދޫ ދާއިރާގައި ތިން ރަށް ހިމެނޭ އިރު، ކޮންމެ ރަށެއްގައި ވެސް ތިން މަޝްރޫއު ހިންގުމަށް 2020ގެ ބަޖެޓްގައި ބަޖެޓްކޮށްފައިވެ އެވެ.  އެގޮތުން ވެލިދޫ ދާއިރާގެ ފޮއްދޫ އަށް ޖުމްލަ 3،338،888 ( ތިންމިލިޔަން ތިންލައްކަ ތިރީސް އައްހާސް އައްސަތޭކަ އަށްޑިހަ އަށް ރުފިޔާ)ގެ މަޝްރޫއު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވެ އެވެ. ފޮއްދޫގެ މަޝްރޫއުތަކަށް ބަލާއިރު، އަލަށް ފަށާ މަޝްރޫއުއެއްގެ ގޮތުގައި ފާލަން ހެދުމަށް 1،050،000 ( އެއް މިލިޔަން ފަންސާސްހާސް ރުފިޔާ) ބަޖެޓްކޮށްފައިވެ އެވެ. މީގެ އިތުރުން

ގިރާ ސަރަހައްދު ހިމާޔަތްކުރުން އަލަށްފަށާ މަޝްރޫއެއްގެ ގޮތުގައި 500،000ރ ( ފަސް ލައްކަ ރުފިޔާ) ވަނީ އަންނަ އަހަރު ބަޖެޓްގައި ހމަނާފަ އެވެ. އަދި ފޮއްދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް (ޕްރީޓެންޑަރިންގ މަރުހަލާގައި ) 1،788،888ރ ( އެއް މިލިޔަން ހަތްލައްކަ އައްޑިހަ އަށްހާސް އައްސަތޭކަ އަށްޑިހައަށް ރުފިޔާ) ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.

ނ. ޅޮށްސަށް ބަލާއިރު،  އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކުގެ އަގު 15،174،799ރ. ( ފަނަރަ މިލިޔަން އެއްލައްކަ ހަތްދިހަ ހަތަރުހަށް ހަތްސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިނގަމުންދާ މަޝްރޫއުއެއްގެ ގޮތުގައި ޅޮހީ ހަ ކްލާސް ރޫމް  ހެދުމަށް 3،592،671ރ. ( ތިން މިލިޔަން ފަސްލައްކަ ނުވަދިހަ ދެހާސް ހަސަތޭކަ ހަތްދިހަ އެއް ރުފިޔާ) ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި އަލަށް ފަށާ މަޝްރޫއުއެއްގެ ގޮތުގައި ބަނދަރު އަޕްގްރޭޑް ކުރުމަށް 3،850،000ރ. ( ތިން މިލިޔަން އައްލަކަ ފަންސާސްހާސް ރުފިޔާ) ބަޖެޓްކޮށްފައިވާއިރު، ހިނގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 7،732،128 ( ހަތްމިލިޔަން ހަތްލައްކަ ތިރީސްދެހާސް ސަތޭކަ އަށާވީސް ރުފިޔާ) އަންނަ އަހަރު ބަޖެޓްގައި ޖަހާފައިވެ އެވެ.

ވެލިދޫ ދާއިރާގައި ހިމެނޭ ނ. ވެލިދޫ އަށް ބަޖެޓްގައި ޖުމްލަ ހިމަނާފައި ވަނީ 10،420،000 ( ދިހަ މިލިޔަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) އެވެ. އެއީ އަލަށް ފަށާ މަޝްރޫއުއެއްގެ ގޮތުގައި ސިއްހީމަރުކަޒު އެކްސްޓެންޝަނަށް 5،000،000 ރ. ( ފަސް މިލިޔަން ރުފިޔާ) އަންނަ އަހަރު ބަޖެޓްގައި ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ޕްރީޓެންޑަރިންއާ ހިސާބުގައި އޮތް މަޝްރޫއުއެއްގެ ގޮތުގައި ވެލިދޫ ފުޓްބޯޅަ ދަނޑު ހެދުން 3،250،000ރ. (ތިން މިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި ވެލިދޫގެ

މަގުހެދުމަށް 2،170،000 ރ. ( ދެ މިލިޔަން އެއްލައްކަ ހަތްދިހަހާސް ރުފިޔާ) ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST