ބައޯކަލޯގެ ރައީސް އަކަށް ޗޯޓާ، ނައިބު ރައީސް ކަމަށް ޔާމިން ހޮވައިފި

"ބްރަދަހުޑް އެސޯސިއޭޝަން އޮފް ނޮލެޖަބަލް އެކްޓިވް ލޯޔަލް ވަންސް" (ބައޯކަލޯގެ) ރައީސް އަކަށް އަބްދުﷲ އާދަމް (ޗޯޓާ) އަދި ނައިބު ރައީސް ކަމަށް ޔާމިން އިބްރާހިމް ހޮވައިފި އެވެ.

ބައޯކަލޯގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން ވެސް ހޮވާފައި ވަނީ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ބައޯކަލޯގެ ރައީސް ކަމުގެ މަގާމު ހުސްވެފައި ވަނީ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނީސް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އިންތިހާބުވުމުންނެވެ. ބައޯކަލޯގެ ހިންގާ ގަވާއިދު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ބޯޑަށް ނުވަތަ ހިންގާ ކޮމެޓީއަށް އިންތިހާބު ވެއްޖެނަމަ ބައޯކަލޯގެ އިންތިހާބީ މަގާމު ގެެއްލޭނެ އެވެ.

ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ޗޯޓާ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ޗޯޓާއަކީ މިހާރު ބައޯކަލޯގެ ރައީސް އެވެ. ބައޯކަލޯ އަކީ ވެލިދޫގައި ހިންގާ ކުޅިވަރު އަދި އިޖްތިމާއީ އެކި ހަރަކާތްތަކުގައި އިސްނަގައިން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST