ވެލިދޫ ލޯކަލް ބީޗު ބެލެހެއްޓުން ރެސްޓް ބްލޮކްސް އިން ހުއްޓާލައިފި

ނ. ވެލިދޫ ލޯކަލް ބީޗު (ރެެސްޓް ބީޗު) ބެލެހެއްޓުން ރެސްޓް ބްލޮކްސް އިން ހުއްޓާލައިފި އެވެ.

ރެސްޓް ބްލޮކްސް އިން އެ މަސައްކަތް ހުއްޓާލާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ކުޑަ ކުދިން ކުޅޭ ސަރަހައްދަކާއި، ބާބަކިއު އޭރިއާ އަކާއި ބީޗު ވޮލީ ކޯޓެއް ހިމެނޭ ގޮތަށް، ބީޗުގައި ހަޓްތައްޖަހާ އެތަން ތަރައްގީ ކޮށްފައި ވަނީ ރެސްޓް ބްލޮކްސްގެ ފަރާތުންނެވެ. އެ ކުންފުނިން ބުނީ ބީޗު ބެލެހެއްޓުން ހުއްޓާލީ އެތަން ތަރައްގީކުރަންދިން މުއްދަތުހަމަވެ، އަލުން އެތަން އިތުރަށް ތަރައްގީކުރުރަން ހުށަހެޅި ޕްރޮޕޯސަލް އަށް ކައުންސިލުން ގޮތެއް ނުނިމި އެތައް މަސްތަކެއް ފާއިތުވުމުގެ ސަބަބުންކަމަށެވެ.

"ބޮޑު އީދުގެ ކުރިން ބީޗު ބެލެހެއްޓުމުގެ މުއްދަތު ހަމަވެއްޖެ. ނަމަވެސް އީދަށް އެތަށް ބަޔަކު ބޭނުންކުރާނެތީ އަޅުގަނޑުމެން މިއަދާ ހަމައަށް ވެސް އެތައް ބެލެހެއްޓީ. އަޅުގަނޑުމެން އެތަން ތަރައްގީކުރަން ޕްރޮޕޯސަލް އެއް ވެސް ހުށަހެޅިން އިތުރުރަށް ބޭނުންވާނެ ކަމަށް. އެކަމަކު ކައުންސިލަށް އެތަން އިއުލާންކޮށް ބަޔަކާ ހަވާލެއް ނުކުރެވުނު. އެހެންވެ މުއްދަތެއް ދީފައި އަޅުގަނޑުމެން ދޫކޮށްލީ،" ރެސްޓް ބްލޮކްސްގެ ޑިރެކްޓަރު ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ބީޗު ބެލެހެއްޓުމަށް، ކައުންސިލުންކުރި ބިޑު ކާމިޔާބުކޮށް، އެގްރިމެންޓްކޮށް، އެގްރިމެންޓް ރެސްޓް ބްލޮކްސްގެ އެއްވެސް މައްސަލައެއް ނެތި ގަވާއިދާ ގާނޫނާއި ހިލާފަށް ނިގުޅައިގަނެފައިވާ ކަމަށެވެ. އަދި ބީޗު ބެލެހެއްޓުމަށް ހުސް އެކަނި މުވައްޒަފުންގެ މުސާރާ އަށް ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް އެތަން ބަލަހައްޓަމުން އައީ ކުންފުނިން ތަރައްގީކުރިތަނަކަށްވީތީ ކަމަށެވެ. ނަމަވެސް ކައުންސިލުން ބީޗު ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރުމަށް އިއުލާން ކުރުމަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްނަގައި ގޮތެއް ނިންމިފައިނުވާތީ މުއްދަތު ހަމަވުމުން އިތުރަށް ބެލެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST