ވެލިދޫ ސްޕޯޓްސް ކައުންސިލްގެ ޗެއާޕާސަން އަށް "ރިޗީ" ވައިސް ޗެއާޕާސަން އަކަށް "ސިއޭ"

ނ. ވެލިދޫ ސްޕޯޓްސް ކައުންސިލްގެ ޗެއާޕާސަން އަކަށް އަހުމަދު ރިޝާން (ރިޗީ)، އަދި ވައިސް ޗެއާޕާސަން އަކަށް އަބްދުލާ އަބްދުލް އަޒީޒު (ސިއޭ) ހޮވައިފި އެވެ.

ވެލިދޫ ސްޕޯޓްސް ކައުންސިލްގެ އިންތިހާބު އަލުން ބާއްވާފައި މިވަނީ ސްޕޯޓްސް ކައުންސިލްގެ ޗެއާޕާސަން އަކަށް ހުރި މުހައްމަދު އަނީސް އިސްތިއުފާ ދިނުމާ ގުޅިގެން ސްޕޯޓްސް ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށް ވެލިދޫ ކައުންސިލުން ސްޕޯޓްސް ކައުންސިލް އުފެއްދި ގަރާރު އިސްލާހުކޮށް އަލުން އެކުލަވާލުމަށް ނިންމުމުންނެވެ.

އަލަށް އެކުލަވާލި ސްޕޯޓްސް ކައުންސިލްގެ ވައިސް ޗެއާޕަސަންގެ ނައިބު އިދާރީ އަށް ހޮވާފައި ވަނީ މުހައްމަދު އާތިކް އެވެ. ވައިސް ޗެއާޕާސަންގެ ނައިބު މާލީ އަށް އަހުމަދު އަންވަރު ހޮވިއިރު، ވައިސް ޗެއާޕާސަންގެ ނައިބު އިންތިޒާމް އަށް ހޮވާފައި ވަނީ އަބްދުﷲ އަލީ އެވެ. މީގެ އިތުރުން ތިން މެމްބަރުންގެ ޑިސިޕްލެނަރީ ކޮމެޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ. މި ކޮމެޓީ އަށް ހޮވާފައި ވަނީ މުހައްމަދު އިބްރާހިމް (މޮންޑަަސް)، މުހައްމަދު އިބްރާހިމް (ޗެލޭ) އަދި ހަސަން އަބްދުއް ލަތީފް (އެޗްއެންޑީ) އެވެ.

މި މަގާމުތަކަށް މީހުން ހޮވާފައި ވަނީ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST