ނ.އަތޮޅު ތަޢުލީމީމަރުކަޒުން 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު މުޙައްމަދު ނަބީހު އަހުމަދު

ނ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭގައި އެމަރުކަޒުގައި ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޤިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ތާހާ ސަލީމެވެ. މިޖަލްސާގައި ޖެނެރަލް ޕްރޮފެސަންސީ ޕްރައިޒް ، ކުލާސް ޕްރައިޒް ، ކްލާސް ޕްރޮގްރެސް ޕްރައިޒް ، ސަބްޖެކްޓް ޕްރައިޒް ، އޮނަލިސްޓެޑް އެވޯޑް ،ޕީޓީއޭ އެޗީވްމަންޓް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދެވިފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ  ބެސްޓް އޯލްރައުންޑް ގައިޑް ، ސްކައުޓް އަދި ތަޢުލީމީގޮތުން އެންމެ މޮޅު ގައިޑް ސްކައުޓް އެވޯޑް ދެވިފައިވެއެވެ. ހަމައެއާއެކު ޑިސްޓިންކްޝަން އެވޯޑް ހޯދި ދަރިވަރުންނަށާއި ޡާނަވީ ސްކޫލް ނިންމާ އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ފަސް ނަތީޖާ ހޯދި ދަރިވަރުންނަށްވެސް އިނާމް ލިބިގެންދިޔައެވެ. މީގެ އިތުރުން ނެޝަނަލް ޓޮޕްޓެން އެޗީވާސް އެވޯޑް ހާސިލްކުރި ދަރިވަރުންނާ ބެސްޓް އޯލް ރައުންޑް ދަރިވަރަށް މިރަސްމިއްޔާތުގައި އިނާމު ލިބިގެންދިޔައެވެ.

 

ނ.އަތޮޅު ތަޢުލީމީމަރުކަޒުން 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު މުޙައްމަދު ނަބީހު އަހުމަދު!އެވެ. ނަބީހަކީ ނެޝަނަލް ޓޮޕްޓެން އެޗީވާސް އެވޯޑްވެސް ހާސިލްކުރެއްވި ދަރިވަރެކެވެ. ނަބީޚް އަކީ ކިޔެވުމަށް މަސައްކަތްކުރާ މުދައްރިސުންނަށް ކަމޭހިތާ ކިޔަމަންތެރި ދަރިވަރެއްކަމަށް އެންޑީ އަށް މަޢުލޫމާތު ދެއްވި ޓީޗަރަކު އުފަލުން ހުރެ ހާމަކުރެއްވިއެވެ. 

ނ.އަތޮޅު ތަޢުލީމީ މަރުކަޒަކީ 2011 ވަނަ އަހަރުން ފެށިގެން ނެޝަނަލް ޓޮޕްޓެން އެޗީވާސް އެވޯޑްގައި ފައިތިލަ ސާބިތުކުރަމުން އަންނަ ސުކޫލެކެވެ. 

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST