ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް އަޅާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ނ. ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ޔޫތް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން ވަނީ ވެލިދޫ ފުޓްބޯޅަ ދަނޑުގެ އިތުރުން ހއ. ދިއްދޫގެ ދަނޑުގެ ސަބްބޭސް ހެދުމަށް ބަޔަކު ހޯދުމަށް އިއުލާން ކޮށްފަ އެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމަށް ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ވެލިދޫ ފުޓްބޯޅަދަނޑު ސްޓޭޑިއަމް އަކަށް ބަދަލުކުރަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ މަޖިލިސް ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފަށްޓަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ