ނ. ޅޮހީ ސްކޫލްގައި 6 ކްލާސް ރޫމް އަޅަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލު ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޅޮހީ ސްކޫލްގައި އަލަށް އަޅާ އިމާރާތް އަޅަނީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޅޮހީގައި 6 ކުލާސް ރޫމު އެޅުމަށް އެޅުމަށް 1،201،056 ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ.
ޅޮހީ ސްކޫލު 6 ކުލާސް ރޫމް އެޅުމަށް ބިންގާ އަޅާފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގަ އެވެ. މި ކުލާސް ރޫމް އެޅުމުން ޅޮހީ ސްކޫލު އެއްދަންފަޅި އަށް ފަސޭހަކަމާ އެކު ކިޔަވައިދެވޭނެ އެވެ. މުޅި ނ. އަތޮޅުގައި ވެސް އެއްދަންފަޅި އަށް ބަދަލުނުކުރާ ހަމައެކަނި ސްކޫލަކީ ޅޮހީ ސްކޫލެެވެ.
ކިޔުންތެރިންގެ ކޮމެންޓް