ނ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޓީޗަރުންނަށް އީދެއް!

މިއަހަރު މުދައްރިސުންގެ ދުވަސް ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފާހަގަކުރަމުން ދަނީ ގިނަ ހަރަކާތްތަކަކާއެކު ބެލެނިވެރިންނެވެ. ބެލެނިވެރިންގެ އިސްނެގުމާއެކު ކޮމެޓީއެއް އެކުލަވާލައިގެން މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންވަނީ ތަފާތު ގިނަ ހަރަކާތްތަކެއް އެކުލަވާލާފައެވެ. މުދައްރިސުންނަށް އަމާޒުކޮށް ހިންގާ ހަރަކާތްތައް ހިންގުމަށްޓަކައި އެމަރުކަޒުގެ މުވައްޒަފުންވަނީ 4 ޓީމަކަށް ބަހާލާފައެވެ. އެއީ އަންހެން ދެ ޓީމާ ފިރިހެން ދެޓީމެވެ. އަންހެން އެއް ޓީމަކަށް މެންޓަލި ކިޔާއިރު އަންހެން އަނެއް ޓީމަކީ "ޓީމް ފިޓް" އެވެ. ފިރިހެން ޓީމުތަކަކީ " ޓީމް ދުންތަރިއާއި ޓީމް ރާކަނި " އެވެ. ކުޅިވަރު ހަރަކާތްތައް އެކުލަވާލާފައިވަނީ ޓީމްތަކުގެ މެދުގައި ވާދަކުރާގޮތަށް ކަމަށް އެން ޑީއަށް މައުލޫމާތު ދެއްވި ބެލެނިވެރިޔަކު ވިދާޅުވިއެވެ.

 

މި ހަރަކާތްތައް ފެށުނީ މިމަހުގެ 3 ވަނަ ދުވަހުގެ ހެނދުން 6:45 ގައެވެ. އެދުވަހުގެ ނ. އަތޮޅު ތަޢުލީމީމަރުކަޒުގެ މުވައްޒަފުން ސުކޫލަށް ގެންދިޔައީ ސައިކަލް ޕެރޭޑުގައެވެ. އަދި ސްކޫލްކައިރިން ވަނީ މަރުޚަބާކިޔުމުގެ އިތުރު ހަރަކާތްތަކެއްވެސް ހިންގާފައެވެ. މިގޮތުން އެންމެހާ މުވައްޒަފުންނަށް މާބޮޑިއެއް ހަދިޔާކުރިއެވެ. އަދި މުދައްރިސުން ކަރުގައި ސޭޝްއެއްއެޅުވިއެވެ. އަދި އެންމެހާ މުވައްޒަފުންނާ ދަރިވަރުންގެ ފޮޓޯއަކާ އެންމެހާ ބެލެނިވެރިންގެ ފޮޓޯއެއްވެސް ނެގިއެވެ. މީގެ އިތުރުން އެދުވަހު ހަވީރު ފިރިހެން މުވައްޒަފުންގެ ނެޓްބޯޅަ މެޗެއް އިޖުތިމާއީ މަރުކަޒު ސަރަޚައްދުގައި ކުރިއަށް ދިޔައެވެ. ޓީމް ދުންތަރި އާއި ޓީމް ރާކަނި ބައްދަލުކުރި މެޗް ނިމުނީ 10 ޕޮއިން 10 ޕޮއިންޓުން ދެޓީމް އެއްވަރުވެގެންނެވެ. އަދި ހަމައެރޭ ޓީމް ފިޓް އާއި  މެންޓަލި ޓީމް އާއި ދެޓީމުގެ ފުޓްސެލް މެޗެއް ވެލިދޫ ފުޓްސެލް ދަނޑުގައި ކުރިއަށްދިޔައެވެ. މިމެޗް ކާމިޔާބު ކުރީ ޓީމް "ފިޓް" އެވެ.

 

މިމހަހުގެ 4 ވަނަ ދުވަހު ހެދުނު މުވައްޒަފުންގެ މެދުގައި ބަހާލެވިފައިވާ ޓީމް ތަކާއެކު ފަންބޯލް ދެ މެޗްކުޅެވުނެވެ. ފަންބޯލްގެ އަންހެން މުވަޒަފުންގެ މެދުގައި ބައްދަލުކުރި ޓީމް " ފިޓް " އަދި ޓީމް " މެންޓަލި " ބައްދަލުކުރި މެޗް ކާމިޔާބު ކުރީ ސީދާ ދެސެޓުން ޓީމު މެންޓައްޔެވެ. ފިރހެން މުވައްޒަފުންގެ ޓީމްތައްކަމުގައިވާ ޓީމް " ރާކަނި" އާއި ޓީމް " ދުންތަރި " ބައްދަލުކުރި މެޗް 2 ސެޓް 1 ސެޓުން ކާމިޔާބުކުރީ ޓީމް ދުންތަރިއެވެ. 

މިއަދު ހެނދުނު ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންގެ ގޭގެއަށް ބެލެނިވެރިންވަނީ އިޚްތިރާމްގެ ޒިޔާރަތެއްކޮށްފައެވެ. އެޒިޔާރަތުގައި މުވައްޒަފުންނަށް ހެނދުނުގެ ނާސްތާ ވަނީ ބެލެނިވެރިން ފޯރުކޮށްދެއްވާފައެވެ. 

ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަޔާތުން މިހާކުލަގަދަ ގޮތެއްގައި މުދައްރިސުންގެ ދުވަސް ފާހަގަކުރާމީ ފުރަތަ ފަހަރެވެ. ބެލެނިވެރިންގެ ބޮޑު ބައިވެރިވުމަކާއެކު ކުރިއަށްގެންދާ މިދުވަހުން ބައެއްމުދައްރިސުންވަނީ ހައިރާންވެ އަންތަރީސްވެފައެވެ. މިކަމާގުޅޭގޮތުން ނ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސެއް ފޭސް ބުކެ ޕޭޖުގައި ލިޔުއްވާފައިވެއެވެ. "އެކާވިސް އަހަރު ވީ އިރުވެސް މިފަދަ މުދައްރިސުންގެ ދުވަހެއް ނާންނަކަމަށެވެ. އެހެންމުދައްރިސެއްގެ އުފާވެރިކަން ސޯސަލް މީޑީޔާގައި ހިއްސާކުރަމުންވަނީ މުދައްރިސުންގެ ދުވަސް ފާހަގަކުރެއްވުމަށް ބެލެނިވެރިން ކުރައްވާ ބުރަ މިންނަތް މަސައްކަތް ފާހަގަކޮށް ހިތުގެ ހާލިސް ޝުކުރު ދަންނަވާކަމަށެވެ.

 

   ކޮންމެއަކަސް ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންވަނީ އުފަލުންފުރިފައެވެ. އެމުދައްރިސުން ފާހަގަކުރަނީ މީ ބެލެނިވެރިން ގެނެސްދެއްވި ބޮޑު އީދެއްގެ ގޮތުގައެވެ. 

ކިޔުންތެރިންގެ ކޮމެންޓް

  • Velidhoo Saturday 5th October 2019

    Mi raajjeyga ves mihaa fenvaruga adhi teachers day faahaga nukuraane. Saabaheyy velidhoo rahyithun

މި ލިޔުމަށް ކޮމެންޓްކުރަށްވާ