ޅޮހީ ފެނާއި ނަރުދަމާ އާއި ހޮޅުދޫ ފެނުގެ ނިޒާމު ގާއިމު ކުރުމަށް ހަވާލު ކޮށްފި

ނ. ޅޮހީ ފެނާއި ނަރުދަމާ އާއި ނ. ހޮޅުދޫ ފެނުގެ ނިޒާމު ގާއިމު ކުރުމަށް ހަވާލު ބުރާސްފަތި ދުވަހު ހަވާލު ކޮށްފި އެވެ.

ޕްލޭނިންގެ މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ޅޮހީ ފެނާއި ނަރުދަމާގެ އިތުރުން ހޮޅުދޫ ފެނުގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އެވެ. އަދި މި މަސައްކަތް ދެ އަހަރުތެރޭ ނިންމަންޖެހޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 24،948،937.34 ރުފިޔާ ހަރަދުވާނެ ކަމަށާއި، ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމު ކުރުމަށް 16،012،607.87 ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST