ވެލިދޫ ދާއިރާ މެމްބަރު ވެލިދޫ ރައްޔިތުންނާ މިރޭ ބައްދަލު ކުރަނީ

ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ނ. ވެލިދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.

މި ބައްދަލުވުން އޮތީ ނަހުޒާ ޕްރީސްކޫލްގައި މިރޭ 21:00 މިނެޓްގަ އެވެ. މި ބައްދަލުވުމުގައި ވެލިދޫ ކައުންސިލް މެމްބަރުންނާއި ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގައިކުރާ މަސައްކަތްތަކާއި އެކި މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރަށް ކައުންސިލަރުންނާއި މަޖިލިސް މެމްބަރާ ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ އެވެ.

ވެލިދޫ ދާއިރާ މެމްބަރު ފޮއްދޫ އަދި ޅޮހީ ރައްޔިތުންނާ ބައްދަލު ކުރުމަށް ވެސް ވަނީ ނިންމާފަ އެެވެ. އެ ރަށްރަަށުގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ނިންމާފައި ވަނީ އެ ރަށްރަށަށް ގޮސް ކަމަށް މެމްބަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ