އިންޓަރނޭޝަނަލް ކޯސްޓަލް ކްލީނިންގ ޑޭ ގައި ކޭއެންޖީ އިން އިރުފުށި ސާފުކުރުމުގައި ބައިވެރިވެއްޖެ

"އިންޓަރނޭޝަނަލް ކޯސްޓަލް ކްލީނިންގ ޑޭ" ގައި ސަންސިޔާމް އިރުފުށި ރިޒޯޓް އިން ދިން ހާއްސަ ދައުވަތެއްގައި އެރިސޯޓް ސާފުކުރުމުގައި ކޭއެންޖީ އިން ބައިވެރިވެއްޖެ އެވެ.

މި އެވެންޓްގައި ކޭއެންޖީން ވަނީ ނ.އ.ތ މަރުކަޒުގެ ސްކައުޓް ދަރިވަރުން ބައިވެރިކޮށްފަ އެވެ. މި އިވެންޓްގައި ކޭއެންޖީ ގެ އިތުރުން ނ.މިލަދޫ ސްކޫލްގެ ދަރިވަރުންނާއި އެރިސޯޓްގެ މުވައްޒަފުންބައިވެރިވެ، މުޅި ރަށްއެއްކޮށް ސާފުކޮށްފައި ވާއިރު ސާފުކުކުރުމުގެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ފަސް ގްރޫޕަކަށް ބަހާލައިގެނެވެ. ތިން ގަޑިއިރަށް ކުރިއަށް ގެންދިޔަ މިއިވެންޓްގައި ބޮޑަށް އިސްކަންދީފައިވަނީ ޕްލާސްޓިކާއި ރަށުތެރޭގައި ކޮންމެހެން ހުންނަން ނުޖެހޭ ކުނި ނެގުމަށެވެ. އަދި މި ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ރިސޯޓުގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ ބައިވެރިވި ކޮންމެ ބަޔަކަށް އިންވެންޓްގައި ބޭނުންކުރި ޓީޝާޓް ހަނދާނެއްގެ ގޮތުގައި ދީފަ އެވެ.

ކޭއެންޖީއަކީ ވެލިދޫގައި ކުޅިވަރާއި އިޖްތިމާއީ ކަންކަމުގައި އިސްވެ، ބައިވެރިވަމުން އަންނަ ބައެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • ސަފީގްMonday 23rd September 2019

    ވަރައް ރަނގަޅު!!!ފަހުރުވެރި ވޭ.އަޅުގަނޑުގެ ފުލް ސަޕޯޓް ލިބޭނެ...

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST