މުޅި އަތޮޅުންއެންމެ ކުރީގައި އުޅެނީ ހެނބަދޫ ކައުންސިލް ކަމަށް ދައްކައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭއިން) އިއުލާންކުރި ކައުންސިލްތަކުގެ ރޭންކިންގް 2018 ގައި ނ. އަތޮޅު ރަށްރަށުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ނ. ހެނބަދޫ ކައުންސިލް ކަމަށް ދައްކައިފި އެވެ.

މުޅި އަތޮޅުން އެއްވަނަ ލިބުނަމަވެސް ހެނބަދޫ ކައުންސިލަށް މުޅި ރާއްޖޭގައި ހިމެނޭ 179 ނުވަ ރަށު ކައުންސިލާ ވާދަކޮށްގެން ލިބިފައި ވަނީ 68 ވަނަ އެވެ. ނ. އަތޮޅުގެ ކައުންސިލްތަކުން އަތޮޅުން ދެވަނަ ކައުންސިލަކަށް ހޮވިފައި ވަނީ މިލަދޫ ކައުންސިލެވެ. މުޅި ރާއްޖޭގެ ކައުންސިލްތަކާ ވާދަކޮށްގެން މިލަދޫ އަށް ލިބިފައި ވަނީ 74 ވަނަ އެވެ. އަތޮޅުގެ ތިންވަނައިގައި އުޅެނީ ވެލިދޫ އެވެ. ވެލިދޫ އަށް މުޅި ރާއްޖޭގެ ކައުންސިލްތަކުގެ ރޭންކަށް ބަލާއިރު ލިބިފައި ވަނީ 91 ވަނަ އެވެ.

ނ. އަތޮޅުގެ ހަތަރު ވަނައިގައި ހިމެނެނީ ކުޑަފަރީ ކައުންސިލް އެވެ. ކުޑަފަރީ ކައުންސިލަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 104 ވަނަ އެވެ. އަތޮޅުން ފަސްވަނައިގައި ކެނދިކުޅުދޫ ހިމެނޭއިރު އެރަށަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 114 ވަނަ އެވެ.

މަގުދޫ އަށް އަތޮޅުން ލިބިފައި ވަނީ އަތޮޅުން ހަވަނަ އެވެ. މުޅި ރާއްޖެއިން 123 ވަނަ އެވެ. ޅޮހީ ކައުންސިލަށް ލިބިފައި ވަނީ އަތޮޅުން ހަތް ވަނަ ކައުންސިލްގެ ދަރަޖަ އެވެ. އަދި މުޅި ރާއްޖެ އަށް ބަލާއިރު ލިބިފައި ވަނީ 126 ވަނަ އެވެ. އަތޮޅުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ހޮޅުދޫ އަށް އަތޮޅުން އަށް ވަނަ ލިބިފައިވާއިރު މުޅި ރާއްޖެއިން ލިބިފައި ވަނީ 127 ވަނަ ކައުންސިލްގެ ދަރަޖަ އެވެ. އަތޮޅު ނުވަ ވަނަ ފޮއްދޫ އަށް ލިބިފައިވާއިރު، މުޅި ރާއްޖެއިން ލިބިފައި ވަނީ 130 ވަނަ އެވެ.

އަތޮޅުވެރިކަންކުރާ ރަށް މަނަދޫ އަށް ލިބިފައި ވަނީ މުޅި އަތޮޅުން 10 ވަނަ އެވެ. މުޅި ރާއްޖެއިން މަނަދޫ އަށް ލިބިފައި ވަނީ 140 ވަނަ އެވެ. މާޅެންދޫ އަތޮޅުން 11 ވަނަ އަށް ދިޔައިރު މުޅި ރާއްޖެއިން ލިބިފައި ވަނީ 146 ވަނަ އެވެ. އަތޮޅުން 12 ވަނައިގައި އޮތް ލަންދޫ އަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 149 ވަނަ އެވެ. ކިތާބީ ހެކި ހުށަނާޅައިން ނ. އަތޮޅުގެ އެންމެ ފުލަށް، އަދި މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފައި ވަމީ މާފަރު ކައުންސިލެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ