2018ވަނަ އަހަރު އެންމެ ދަށުން ދަރަޖަ ލިބުނު 05 ކައުންސިލްތެރޭ ނޫނު އަތޮޅު ކައުންސިލް ހިމެނިއްޖެ

އެލްޖީއޭ އިން އެކުލަވާލީ ކައުންސިލްތަކުގެ ދަރަޖަ ރިޕޯޓް 2018 ގައި، އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ ދަށުން ދަރަޖަ ލިބުނު 05 ކައުންސިލްތެރޭ ނޫނު އަތޮޅު ކައުންސިލް ހިމެނިއްޖެ އެެވެ.

އެލްޖީއޭއިން ނެރުނު ރިޕޯޓްގައިވާ ގޮތުން 18 އަތޮޅު ކައުންސިލްގެ ތެރޭއިން ނ. އަތޮޅު ކައުންސިލަށް ލިބިފައި ވަނީ 14ވަނަ އެވެ. އެލްޖީއޭގެ 2017ވަނަ އަހަރުގެ ދަރަޖަ ރިޕޯޓަށް ބަލާއިރު، އެކަށީގެންވާ ވަރަށް ކިތާބީ ހެކި ހުށަނޭޅުމުގެ ސަބަބުން ނ. އަތޮޅު ކައުންސިލް ވަނީ މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފަ އެވެ.

އެލްޖީއޭއިން މިދަރަޖަ އެކުލަވާލަނީ ސެކިއުރިޓީ، އެކައުންޓަބިލިޓީ، ޕާޓިސިޕޭޝަން، އިފެކްޓިވްނަސް އަދި ލާމަރުކަޒީ ގާނޫނަށް އަމަލުކޮށްފައިވާ މިންވަރުތައް ބަލައިގެންނެވެ. މި ފަސްބައި ވަކިވަކިން ބަލާއިރު ސެކިއުރިޓީބައިން އެކަށީގެންވާ ކިތާބީ ހެކި ހުށަނޭޅުމުގެ ސަބަބުން ނ. އަތޮޅު ކައުންސިލް ވަނީ އެބައިން މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފަ އެވެ. އެކައުންޓުބަލިޓީ އަށް ބަލާއިރު، ގޮސްފައި ވަނީ 18ވަނަ އަށެވެ. މިއީ 18 އަތޮޅު ކައުންސިލަށް ބަލާއިރު މިބައިން ވެސް އެންމެ ފުލެވެ.

ޕާޓިސިޕޭޝަން އަށް ބަލާއިރު، ކިތާބީ ހެކިހުށަހާޅާފައި ވަނީ 14 އަތޮޅު ކައުންސިލުންނެވެ. ހަތަރު އަތޮޅު ކައުންސިލެއް އެކަށީގެންވާ ވަރަށް ކިތާބީ ހެކި ހުށަނާޅައިން މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފައިވެ އެވެ. އަދި މިބައިން ނ. އަތޮޅު ކައުންސިލް ގޮސްފައި ވަނީ 14ވަނަ އަށެވެ. މިއީ ކިތާބީ ހެކި ހުށަހެޅި އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ ފުލެވެ. އިފެކްޓިވްނަސްބައިން ނ. އަތޮޅު ކައުންސިލް ގޮސްފައި ވަނީ 17ވަނަ އަށެވެ.

ލާމަރުކަޒީ ގާނޫނަށް އަމަލުކޮށްފައިވާ މިންވަރަށް ބަލާއިރު މިބައިން ނ. އަތޮޅު ކައުންސިލު އެންމެ ރަނގަޅު 06 އަތޮޅު ކައުންސިލްތެރޭ ހިމެނިފައިވެ އެވެ. އަތޮޅު ކައުންސިލްތަކަށް ބަލާއިރު، މުޅި ރާއްޖެއިން އެންމެ މަތީ ދަރަޖަ ހޯދާފައި ވަނީ ޅ. އަތޮޅު ކައުންސިލެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST