ނ. އަތޮޅު ތަޢުލީމީ މަރުކަޒުން ކުލަގަދަކޮށް ބެލެނިވެރިންގެ ދުވަސް ފާހަގަކޮށްފި

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުލަގަދަކޮށް މިއަހަރުގެ ބެލެނިވެރިންގެ ދުވަސް ފާހަގަކޮށްފި އެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ގިނަގުނަ ހަރަކާތްތަކެއްވަނީ ހިންގާފައެވެ. މިމަހުގެ 10 ން 14 ށް ހިންގި މިހަރާކާތްތަކުގައި . ރަށުގެ އެކި ހިސާބުތަކުގައި ވަނީ ދުވަހާ ގުޅޭ ޝިޢާރުތައް ހިމެނޭ ބެނާތައް ހަރުކޮށްފައެވެ. އަދި ނ.އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނޭ ސަރަޚައްދު ވަނީ ރީތި ބެނާތަކުން ޖަރީކޮށްފަ އެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންވަނީ ބެލެނިވެރިންގެ އަރިހަށް ލޯތްބާ އިޚްތިރާމާއެކު ޒިޔާރަތް ކޮށް ސުކޫލުން ދޭ ހަދިޔާއާއި ދަރިވަރު ބެލެނިވެރިޔާއަށް ތައްޔާރުކޮށްފައިވާ ކާޑް އަދި ފަންނައިޓް ދަޢުވަތު ކާޑު ދީފައެވެ. އަދި މީގެ އިތުރުން އަންހެން ބެލެނިވެރިންގެ މެދުގައި ނެޓްބޯޅަ މުބާރާތަކާއި ފިރިހެން ބެލެނިވެރިންގެ މެދުގައި ފުޓްސެލް މުބާރާތެއް އަދި އަންހެން ފިރިހެންބެލެނިވެރިންގެ މެދުގައި ފަން ބޯލް މުބާރާތަކާ އޮބްސްޓަކުލް ރޭސްއެއް ވަނީ ބާއްވާފައެވެ. އަންހެން ނެޓް ބޯޅަ މުބާރާތުގެ ޗެމްޕިޔަންކަން ހޯދީ ޓީމް ބުލްބުލްއެވެ. ފިރިހެން ފުޓްސެލް މުބާރާތުގެ ޗެމްޕިޔަންކަން ހޯދީ  ޓީމް އެންއޭއީސީ ހިނގާދަން ޓީމުންނެވެ. ފަންބޯޅަ މުބާރާތުގެ ޗެމްޕިޔަން ޓީމަކީވެސް ޓީމް ބުލްބުލްއެވެ. ތަފާތުކަންކަން ހިމެނޭގޮތަށް ބޭއްވި އޮބްސްޓަކުލް އިން އެއްވަނަ ހޯދީ ޓީމް އަވިއްސެވެ.

ހޮނިހިރުދުވަހުގެ ރޭ ބެލެނިވެރިންގެ ދުވަސް ނިންމާލުމުގެ ގޮތުން ބޭއްވި ފަންނައިޓް ގައި ކުރިޔަށްދިޔައީ ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވި ބައިވެރިންނަށް ސެޓްފިކެޓްދިނުމާއި ބެލެނިވެރިންގެ ޝަރަފްގައި ނ.އަތޮޅު ތަޢުލީމީމަރުކަޒުގެ މުވައްޒަފުންދެއްވި ހާއްސާ ޖާފަތެއްދިނުމެވެ.  އަދި ބެލެނިވެރިންގެ މެދުގައި މުނި ފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ދިޔައެވެ. ދުވަހާގުޅޭ ގޮތުން ނ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޕްރިންސިޕަލް އަލީ އަހުމަދު އެންޑީ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ބެލެނިވެރިންގެ ދުވަހަކީ އެސް އެމްޓީގެ ފުރިހަމަ އެހީތެރިކަމާ މުވައްޒަފުންގެ މަސައްކަތުން ހިންގުނު ކާމިޔާބު ހަރަކާތެއްކަމަށެވެ.

މިއީ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހަޔާތުގައިވެސް މިހާ ކުލަގަދަކޮށް ބެލެނިވެރިންގެ ދުވަހެއް ފާހަގަކުރި ފުރަތަމަ ފަހަރެވެ. ނ.އަތޮޅު ތަޢުލީމީ މަރުކަޒަކީ މިފަހަކުން ތަފާތު ކަންކަން ކުރަމުން އަންނަ ސްކޫލުކެވެ. މިގޮތުން މިއަހަރު ކުޑަކުދިންގެ ދުވަސް ފާހަގަކޮށްލުމަށް ބޭއްވި ފަންރަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST